8 ގަޑިއިރަށްވުރެ ގިނައިން މަސައްކަތް ކުރަން ބޭނުން ނުވާކަމަށް ކަރީނާ ބުނެފިއެވެ.
ކަރީނާ މިހެން ބުނެފައި ވަނީ މި މަހުގެ ތެރޭގައި 'އަންގްރޭޒީ މީޑިއަމް' ގެ ޝޫޓިންގ އަށް ލަންޑަނަށް ވަރަށް އަވަހަށް ފުރަން ޖެހޭތީއެވެ. ކަރީނާ ބުނިގޮތުގައި ދަރިފުޅި ތައިމޫރް އަށް ވަގުތު ހުސްކުރަން ބޭނުންވެއެވެ.
ކަރީނާގެ އާއިލާ މިވަގުތު ދަނީ އިޓަލީގައި ކުރު ޗުއްޓީ އެއް ހޭދަކުރަމުންނެވެ. ކަރީނާ ބުނީ، އެ ޗުއްޓީ އަކީ ވެސް ދަރިފުޅު އަދި ފިރިމީހާ އާއި އެކީ ފިލްމްގެ ޝޫޓިންގ ފެށުމުގެ ކުރިން ވަގުތު ހޭދަކޮށްލަން ދިޔަ ޗުއްޓީއެއް ކަމުގައެވެ. ކަރީނާގެ ޝޫޓިންގ ނިމޭއިރަށ ފިރިމީހާ ސައިފް ބިޒީ ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ކަރީނާ އިތުރަށް ބުނީ، އޭނާ އަބަދުވެސް އަމިއްލަ ދިރިއުޅުމަށް ވަގުތު ދޭން ބޭނުންވާ ކަމުގައެވެ. އަދި ދަރިފުޅު އެހާ ކުޑައިރު ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަން ބޭނުން ނުވާ ކަމުގައެވެ. ތައިމޫރް އަކީ އެންމެ ދެ އަހަރުގެ ކުއްޖެއް ކަމަށާއި، އަދިވެސް ދަރިފުޅު އޭނާ އަށް ބޭނުންވާނެ ކަމަށް ވެސް ކަރީނާ ވަނީ ބުނެފައެވެ.
ލަންޑަނުގައި ކަރީނާ ޝޫޓް ކުރާނީ އިރްފާން ޚާން އާއި އެކީއެވެ. އިރްފާން މިހާރު ވަނީ ޝޫޓިންގ އަށް ލަންޑަނަށް ފުރާފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަރީނާ ވެސް ފުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް