ނުވަ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މާލެއިން ދެކުނު ރަށެއްގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 71 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ. އެމީހާގެ ...

05 Jun 2019 | 07:50

މާލެއިން ދެކުނު ރަށެއްގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 71 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އެމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. ކޯޓަށް ހާޒިރު ކުރީ ކުރިން ކޯޓުން ދީފައިވާ މުއްދަތު ހަމަވާތީއެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވާ މީހާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ މަންމައާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެކެވެ. ނަމަވެސް އެ ކުއްޖާގެ މަންމަ ފަހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި އެ ގުޅުމަށް ނިމުމެއް ގެނެސްފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައެވެ. ހަމަ މިކުއްޖާއަށް މި ކުއްޖާގެ އެއްބަނޑު އެއްބަފާ ދެ ބޭބެއިންވެސް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެއެވެ. އެ ދެ ބޭބެއިންނަކީ ކުޑަ ދެކުދިންނެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް