ދުއްވުން މަނާކުރި ގަޑީގައި ދުއްވައިގެން 97 މީހަކަށް ފިޔަވަޅު އެޅި

ދުއްވަން މަނާކުރި ވަގުތުގައި ވެހިކަލް ދުއްވައިގެން 97 މީހަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ. ފުލުހުން ވަނީ ފިޠުރު ޢީދު ދުވަހުގެ 16:00 އިން 18:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައެވެ. ފު...

05 Jun 2019 | 07:30

ދުއްވަން މަނާކުރި ވަގުތުގައި ވެހިކަލް ދުއްވައިގެން 97 މީހަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ.

ފުލުހުން ވަނީ ފިޠުރު ޢީދު ދުވަހުގެ 16:00 އިން 18:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އެވަގުތުގެ ތެރޭގައި ވެހިކަލް ދުއްވަނިކޮށް 461 ވެހިކަލެއް ހުއްޓުވައި ބަލާ ފާސްކޮށްފައި ވާކަމަށެވެ. އޭގެތެރެއިން 364 މީހަކަށް ނަސޭހަތްތެރި ވެފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 97 މީހަކަށް ފިޔަވަޅު އަޅާފައި ވާކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.

ޢީދު ދުވަހު ދުއްވުން މަނާކުރި ވަގުތު ޖޫރިމަނާކުރި މީހުން ދައްކަން ޖެހޭނީ 750 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް