ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހިސާބަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ، މި ސަރަހައްދަށް ގަދަ ވަޔާއި އެކީ ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށް، މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 11:30 އިން ފެށިގެން 15:30 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ގަދަ ވަޔާއި އެކީ ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ފިޠުރު ޢީދަށް ފަހު އަންނަ ދެ ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމުގައެވެ.
ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް