އައްޑީ ސިޓީގައި ނިރުބަވެރިކަމަށް ތާޢީދުކޮށް ލިޔެފައިވާ 'ގްރެފިޓީ' ތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހަވާލާދީ ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ ޓެރަރިސްޓް ޖަމާޢަތްތަކަށް ތާޢީދުކޮށް ޕްރޮމޯޓްކޮށް އެމީހުންގެ ފިކުރު ފެތުރުމާއި އަދި އިސްލާމް ދީނަށް މަލާމަތްކޮށް ފުރައްސާރަކޮށް ދިވެހިރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލަން އުޅޭ ފަރާތްތައްވެސް ހިމެނޭގޮތަށް ހައްދުފަހަނައަޅާފައިވާ ހުރިހާ ފަރާތްތަކުން ފަތުރާ ނަފްރަތާއި 'އިންޓޯލަރެންސް' ގެ މައްސަލަތައް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް އާއި ހަވާލާދީ އިތުރަށް ވިދާޅުވެފައިވަނީ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ ކަންކަން ގުޅުންހުރި ފަރާތްތަކާއެކު މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރަމުންދާނެ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް