އުފާވެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުން ޙާއްސަ ޕްރޮމޯޝަނެއް ތައާރަފް ކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި އެގޮތުން ލެބޮރޮޓަރީ، ރޭޑިއޯލޮޖީ އަދި ޑައަގްނޮސްޓިކްސް ޓެސްޓްތަކުން ޙާއްސަ ޕްރޮމޯޝަންތަކެއް މިއަދު، މާދަމާ އަދި ހޮނިހިރު ދުވަހު ކުރިއަށްދާނެއެވެ.
"ލެބޮރޮޓަރީ، ރޭޑިއޯލޮޖީ އަދި ޑައަގްނޮސްޓިކްސް ޑިޕާޓްމެންޓްތަކުން %10 ޑިސްކައުންޓް، މި ތިން ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބިގެންދާނެ، އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އެހެން ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ޓެސްޓް ހަދަންދޭ ރެފެރަލް ބޭނުންކޮށްގެންވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ" ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި އެ ހޮސްޕިޓަލްގެ ރޭޑިއޯލޮޖީ ޑިޕާޓްމެންޓްގެ ދަށުން ސީ.ޓީ، އެމްއާރުއައި، އެކްސްރޭ، އަލްޓްރާ ސައުންޑް، މެމޮގްރަފީ އަދި ބޯން ޑެންސިޓޮމެޓްރީ ޙިދުމަތް ލިބިގެންދާނެއެވެ. އަދި މެބްރޮޓަރީ މެޑިސިންގެ ދަށުން ހިމަޓޮލޮޖީ، މައިކްރޯ ބަޔޮލޮޖީ، ކްލިނިކަލް ބަޔޯ ކެމިސްޓްރީ، އިމިއުނޮލޮޖީ، ފަރެސައިޓޮލޮޖީ އަދި ޔޫރިން އެނެލިސިސްގެ ޚިދުމަތް ލިބިގެންދާނެއެވެ. އީ.އީ.ޖީ، އީ.ސީ.ޖީ، އެންވީސީ، ސްޕައިރޯމެޓްރީ އަދި ޔޫރޯފްލޯމެޓްރީ ޚިދުމަތް ޑައަގްނޮސްޓިކްސް ޑިޕާމްޓްމަންޓުން ލިބިގެންދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައުޓް-ޕޭޝަންޓް (OPD)ގެ ޚިދުމަތް ފިޠުރު ޢީދު ދުވަހު ބަންދު ނަމަވެސް މާދަމައިން ފެށިގެން ހެނދުނު 09:00 އިން ފެށިގެން ހަވީރު 06:00 ބަދަލުވެގެން ދާނެ ކަމަށާއި އެހެން މަސްތަކެކޭ އެއްފަދައިން އަވަސް ފަރުވާގެ ޚިދުމަތް 24 ގަޑިއިރު ހޮސްޕިޓަލްގެ އީ.އާރު އިން ލިބިގެންދާނެ ކަމުގައިވެސް އެ ހޮސްޕިޓަލުން ބުނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ އީ.އާރު ޚިދުމަތް ހޯއްދެވުމަށް ގުޅުއްވަންޖެހޭ ނަމްބަރަކީ 1610 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް