މިހާތަނަށް ރާޢްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އެމީހާ އަށް ބަލި ޖެހުނު ގޮތް ނޭނގޭ އަދި ޕޮސިޓިވް އެހެން ކޭސްއަކާއި ގުޅުމެއް ނެތް39 މީހަކު އެބަ ތިބި ކަަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ފަރާތުން ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އެގޮތަށް ޕޮސިޓިވްވާ މީހުންނަށް ބަލި ޖެހިފަ ހުންނަކަން އެނގެނީ އަލާމާތެއް ފެނިގެން ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމުން ކަމަށެވެ. އަދި އެގޮތަށް ޕޮސިޓިވްވި އެންމެން ތިބީ އައިސޮލޭޓްކޮށްފައި ކަމުން އެމީހުމްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ޕޮސިޓީވްވެފައިވާ މީހުންގެ އަދަދަށް ބަލާއިރު މިއީ މަދު އަދަދެއް ކަމަށެވެ. އެކަމަކު މިގޮތަށް އެކި ދިމަދިމާލުން މަދުން ނަމަވެސް ގުޅުން ނެތް މީހުންގެ ގައިން ބަލި ފެންނަ ނަމަ އޭގެ މާނައަކީ ވައިރަސް ފެތުރެމުންދާ ކަމުގެ އިޝާރާތްތަކެވެ.
އޭނާ ވިދާޅުވީ މިފަދަ މީހުންނަށް ބަލި ޖެހުނު ގޮތް ހޯދުމަކީ ނުކުރެވޭނެ ކަމެކެވެ. އެއީ މިގޮތަށް ބަލި ޖެހޭ މީހުންނަށް ބަލި އަރާފައި ހުންނަނީ ފިހާރައަކަށް ގޮސް އެ ހޭދަވާ ވަގުތުގައި ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖެއިން އާންމުންގެ މެދުގައި ބަލި ފެތުރެން ފަށާ ގިނަ ބަޔަކު ދަނީ ބައްޔަށް ޕޮސިޓިވްވަމުންނެވެ. އޭގެ ތެރެއިން500 އަށްވުރެ ގިނަ މީހުންނަކީ އެކި ކޭސްތަކާއި ގުޅުން އޮވެގެން ބަލިޖެހިފައިވާ މީހުންނެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ބާޒާރުމަތިންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް542 މީހަކު ޕޮސިޓިވްވެފައިވާއިރު އެކަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް