އިތުރު ދެ ރަށެއްގައި ކުޑަކުދިންނަށް ހާއްސަ ތަހުގީގު ކުރާ ކޮޓަރި ހުޅުވައިފި

ކުޑަކުދިންނަށް ހާއްސަކޮށްގެން ތަހުގީގު ކުރާ ކޮޓަރިޓަކެއް ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ހުޅުވައިފި އެވެ. މި ކޮޓަރިތައް ހަދާފައިވަނީ އެ ދެ އަތޮޅުގައި ހުންނަ ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ...

05 May 2018 | 11:20

ކުޑަކުދިންނަށް ހާއްސަކޮށްގެން ތަހުގީގު ކުރާ ކޮޓަރިޓަކެއް ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ހުޅުވައިފި އެވެ.

މި ކޮޓަރިތައް ހަދާފައިވަނީ އެ ދެ އަތޮޅުގައި ހުންނަ ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައި އެވެ. މި ކޮޓަރިތަކުގެ ތެރެއިން ވިލިނގިލީގައި ތަހުގީގު ކުރާ ކޮޓަރި ހުޅުވައިދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ. ތިނަދޫ ތަހުގީގު ކުރާ ކޮޓަރި ހުޅުވައިދެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ މަރިޔަމް ޖަބީން އެވެ.

ގއ.ވިލިނގިލީގައި އިންޓަވިއު ރޫމް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒެނީޝާ ވިދާޅުވީ އެންމެ ގިނައިން ރިޕޯޓުކުރަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށެވެ. އެހެން ކަމުން ތަހުގީގުގެ މަރުހަލާގައި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ވަސީލަތްތައް ގާއިމުކުރެވިފައި ހުރުން ވަރަށް މުހިންމު ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ ކޮޓަރިތަކެއް ހެދުމުގެ ބޭނުމަކީ ހާނީއްކައާއި އިހުމާލު އަދި އަނިޔާގެ ޝިކާރައަށް ވެފައިވާ ކުދިންނާ މުއާމަލާތުކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީ، ކުޑަކުދިންނާ ގުޅުންހުރި ތަހުގީގުތައް ހަރުދަނާކުރުން ކަމަށެވެ. ކުދިންގެ އުމުރުފުރާތަކަށް ހާއްސަކުރެވިގެން ގާއިމުކުރާ މި ފަދަ ވަސީލަތްތަކުގެ ސަބަބުން ތަހުގީގުގެ މަރުހަލާގައި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ޖެންޑާ މިނިސްޓްރީ އާއި ޔުނިސެޕް މޯލްޑިވްސް އަދި ފުލުހުން ގުޅިގެން ހުޅުވި މި ކޮޓަރިތައް ހަދާފައިވަނީ ކުޑަކުދިންނާއި ގުޅޭގޮތަށް، ތަފާތު އެއްޗެހި ބޭނުން ކޮށްގެންނެވެ.

މިދިޔަ މާޗު މަހު ވަނީ ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫގައި ކުޑަކުދިންނަށް ހާއްސަ ތަހުގީގު ކުރާ ކޮޓަރި ހުޅުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް