ކުރިޔަށް އޮތް ވަގުތުތަކުގައި ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ!

މިއަދުގެ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ. އެ ދާރާއިން ވަނީ މޫސުން ގޯސްވުމާއި ގުޅިގެން މިއަދ...

05 May 2018 | 07:35

މިއަދުގެ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

އެ ދާރާއިން ވަނީ މޫސުން ގޯސްވުމާއި ގުޅިގެން މިއަދު ހެނދުނު 6:00 ގައި ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދަށް ނެރުނު ވައިޓް އެލާޓުގެ މުއްދަތު ހަވީރު 6:00 އަށް އިތުރުކޮށްފަ އެވެ. މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރަ މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ،

ވައިޓް އެލާޓު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އަދި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.  ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކަށް ސަމާލުކަން ދިނުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މެޓަ އޮފީހުން ވަނީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް