ހާބަރު ފުޑް ކޯޓުގެ ފުރަތަމަ ކެފޭ ހުޅުވައިފި

ހާބަރު ސަރަހައްދުގައި އަލަށް ހެދި ފުޑް ކޯޓުގެ ފުރަތަމަ ކެފޭ ހުޅުވައިފި އެވެ. ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހަދާފައިވަނީ ތިން ސައިޒެއްގެ ކެފޭތަކ...

05 May 2018 | 07:03

ހާބަރު ސަރަހައްދުގައި އަލަށް ހެދި ފުޑް ކޯޓުގެ ފުރަތަމަ ކެފޭ ހުޅުވައިފި އެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހަދާފައިވަނީ ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަނުގައި ހަދަމުންދާ ކެފޭތަކުގެ ތެރެއިން ފުރަތަމަ ކެފޭ މިއަދު ހުޅުވާފައުވާ ކަމަށެވެ. އަދި ދެން ހުރި ކެފޭތައް ހުޅުވުމުގެ މަރުހަލާ ކުރިޔަށް ދާކަމަށެވެ.

https://twitter.com/MMuizzu/status/992614672883826688

އެ ކޯޓުގައި ކެފޭތައް ކުއްޔަށް ދީފައިވަނީ އަކަފޫޓެއް 53 ރުފިޔާގެ މަގުން ފަސް އަހަރު ދުވަހަށެވެ. އެތަނުގައ ތަރައްގީކޮށްފައިވާ ކެފޭތަކުގެ ތެރެއިން ބައެއް ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރަމަކީ މަނާ ކަމެކެވެ.

އާ ހާބަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ފުޑް ކޯޓެއް ތަރައްގީ ކުރުމަށް އެސްޓީއޯ އާއި ހަވާލު ކުރީ 2016 ވަނަ އަހަރު އެވެ. މިހާރު އެތަނުގައި 26 ކެފޭ ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް