ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ބުނީ ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ...

05 May 2018 | 03:38

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ހުޅުވާލި ފުރުސަތުގައި އެ ދަފްތަރުގައި ކުރިން ރަޖިސްޓްރީވެފައިވާ މީހުން އަލުން ރަޖިސްޓްރީ ވާކަށް ނުޖެހެ އެވެ.

ފަގީރެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކު 44 ރުފިޔާ ނުލިބޭ މީހުންނެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުން މި ފޯމް ހުށައަޅަންޖެހެނީ އިސްލާމިކް މިނިސްޓްރީއަށެވެ. އަތޮޅުތަކުން ފޯމް ހުށައަޅަންޖެހެނީ އެމީހަކު ހުރި ރަށެއްގެ ރަށު ކައުންސިލްތަކަށެވެ.

އައްޑޫސިޓީ ހިތަދޫއިން ފޯމު ހުށަހަޅަންޖެހޭނީ އައްޑުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށެވެ. ހުޅުދޫ އަދި މީދޫ އިން ނަސްރިއްޔާ ޕްރީސްކޫލަށް ފޯމް ހުށައަޅަންޖެހޭއިރު މަރަދޫއާއި މަރަދޫފޭދޫއިން ފޯމު ހުށަހަޅަން ޖެހެނީ ތަދުރީސުލް ޤުރްއާން ކްލާހަށެވެ. ފޭދޫއިން ފޯމް ހުށައަޅާނީ ލޭންޑް އެންޑް ބިލްޑިންގް މުނިސިޕަލްޓީ ޑިޕާޓްމަންޓަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ތެރެއިން ފުވައްމުލަކު ދާއިރާތަކުގެ ރައްޔިތުން ފޯމު ހުށަހަޅަން ޖެހެނީ އެ ސަރަހައްދެއްގެ ލޭންޑް އެންޑް ބިލްޑިންގެ ހައުސިންގް ޔުނިޓަށެވެ. އަދި ގދ. ތިނަދޫއިން ފޯމް ހުށައަޅަންޖެހޭނީ ތިނަދޫ މީޑިއާ ސެންޓަރަށެވެ.

މިިދިޔަ އަހަރު ފަގީރުންގެ ގުތުގައި 16229 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް