މެޕްސް ކޮލެޖުން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖޫން އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާސް ފެންވަރަށް އެ ކޮލެޖުން ހިންގާ ކޯސްތައް ހިމެނެ އެވެ. ޖުމްލަ 25 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ކޯހަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ކޯސްތަކެވެ.
މި ކޯސްތަކަށް ޖުމްލަ 400 ދަރިވަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވެ އެވެ. ވަޒީފާ އަދާ ކުރަމުން ބްލޮކް މޯޑުގައި ކިޔަވާ ކުދިންނަށް ވެސް މި ކޯސްތަކުން ޖާގަ ލިބޭނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.
މެޕްސް ކޮލެޖުން ބުނީ އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ ފެންވަރު ރަނގަޅުކޮށް ތަޖުރިބާ ހޯދައި ދިނުމަށް ތަފާތު ލެކްޗާތަކާއި، މުހިންމު ތަންތަނުގެ މައުލޫމާތު ދިނުމަށް އެތަންތަނަށް ކުދިން ގެންދާ ކަމަށެވެ. އަދި ދަރިވަރުންނަށް ހާއްސަކޮށް ކުޅިވަރު މުބާރާތްތައްވެސް ކުރިޔަށް ގެންދާ ކަމަށެވެ.
އަންނަ މަހު އެ ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އެކައުންޓިން، ހިއުމަން ރިސޯސަސް މެނޭޖްމެންޓް، މާކެޓިން، ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޓުރިޒަމް މެނޭޖްމެންޓު ހިމެނެ އެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. ފޯމް ހުށަހެޅުމުގެ ފުުރުަތު އޮންލައިންކޮށްވެސް ވަނީ ހުޅުވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް