ރޯދަ މަސް ފެށެން ވާއިރަށް އިނާޔަތް ދިނުމަށް އަންގައިފި

މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް ދިނުމަށް ސަރުކާރު އޮފީސްތަކަށާއި އަމިއްލަ ކުންފުނިތަކަށް ލޭބާ ރިލޭޝަން އޮތޯރިޓީން އަންގައިފި އެވެ. އެ އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫ...

05 May 2018 | 02:21

މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް ދިނުމަށް ސަރުކާރު އޮފީސްތަކަށާއި އަމިއްލަ ކުންފުނިތަކަށް ލޭބާ ރިލޭޝަން އޮތޯރިޓީން އަންގައިފި އެވެ.

އެ އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ވާ ގޮތުގެ މަތިން ރޯދަމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އިނާޔަތް ދިން ކަމުގައި ވިޔަސް، ގާނޫނުގައި ބުނެފައިވާ ގޮތަށް އެ އިނާޔަތް ނުދޭކަން ވެސް ފާހަގަކުރެވޭ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،000 ރުފިޔާ ދިނުމަށް ގަނޫނު ލާޒިމު ކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ އޮފީސްތަކުން އެ ފައިސާ މިމަހު 10 ގެ ކުރިން މުވައްޒަފުންނަށް ދިނުމަށް އަންގާފަ އެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ރޯދަ އިނާޔަތް މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 10 ވަނަ ދުވަސް ކަމަށެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީން ބުނީ ރޯދަ އިނާޔަތް ނުދޭ ކުންފުނިތަކާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި ނަމަ އެކަން ބަލާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް އެ އޮތޯރިޓީއަށް ވަނީ ރޯދަ އިނާޔަތް ނުދީގެން 43 މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލަތައް ބެލުމަށް ފަހު އެ ކުންފުނިތަކަށް މުވައްޒަފުންނަށް އިނާޔަތް ދޭން އެންގުމުގެ އިތުރުން ޖޫރިމަނާ ކޮށްފައިވެ އެވެ.

އިނާޔަތްދޭން ގާނޫނު ލާޒިމް ކުރަނީ ދިވެހި މުވައްޒަފުންނަށް އެކަންޏެވެ. ބިދޭސީންނަށް އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ އިހުތިޔާރީ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް