ސޯނަމްގެ ކައިވެނީގައި އަނުޝްކާ ބައިވެރިއެއް ނުވޭ!

މިމަހުގެ އަށް ވަނަ ދުވަހު އޮންނަ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ދިއްލީގެ ވިޔަފާރިޔާ އަނަންދު އަހޫޖާގެ ކައިވެނި ހަފްލާއަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނަށް ދައުވަތުދީފަވެ އެވެ. މުމްބާއީގައި ބޭއްވ...

05 May 2018 | 02:05

މިމަހުގެ އަށް ވަނަ ދުވަހު އޮންނަ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ދިއްލީގެ ވިޔަފާރިޔާ އަނަންދު އަހޫޖާގެ ކައިވެނި ހަފްލާއަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނަށް ދައުވަތުދީފަވެ އެވެ.

މުމްބާއީގައި ބޭއްވުމަަށް ހަމަޖެހިފައިވާ އެ ހަފްލާގައި ގިނަ ތަރިންގެ ހުށަހެޅުންތައް ހިމެނޭއިރު އިރު ނަށަން ދަސްކޮށްދީފައިވަނީ މަޝްހޫރު ކްރޮޔޮގްރަފާ ފަރާ ހާން އެވެ. މި ހަފްލާގައި އެންމެ ހާއްސަ ދެމީހުންގެ ގޮތުގައި ފެނިގެންދާނެ ކަމަށް ބެލެވިފައި އޮތީ އެންމެ ފަހުން ބޮލީވުޑްގެ ތަރިންގެ ތެރެއިން ކައިވެނި ކުރި އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސޯނަމްގެ ކައިވެންޏަށް މި ދެމަފިރިންނަށް ވަނީ ހާއްސަ ދައުވަތެއް ދީފަ އެވެ. އެގޮތުން ސޯނަމްގެ ކައިވެނި ހަފްލާއަށް އެ ދެމީހުން ވަދެގެން އަންނަ ގަޑީގައިވެސް ހާއްސަ ކަންތައްތަކެއް ކުރުމަށް އޮތީ ހަމަޖައްސާފަ އެވެ. އެކަމަކު ފަހުވަގުތު އަނުޝްކާގެ ދެމަފިރިން ވަނީ ހަފްލާއަށް ދެވެން ނެތްކަމަށް އަންގާފަ އެވެ.

އެއީ މިހާރު ކުރިޔަށްދާ ކްރިކެޓް ލީގަކާއި ގުޅިގެން ވިރާޓްއަށް އެ ކައިވެންޏަށް ވަގުތު ދެވެން ނެތިގެންނެވެ. އަދި އަނުޝްކާގެ ކުރިޔަށް އޮތް ފިލްމު "ޒީރޯ" ގެ މަސައްކަތެއް ކުރުމަށް އެމެރިކާއަށް ދާންޖެހޭތީ އެވެ.

ސޯނަމް އާއި އަނަންދުގެ ކައިވެނި ރަސްމީކޮށް މީގެ ދެ ދުވަސް ކުރިން ދެ އާއިލާއިން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އާއިލާއިން ވަނީ އެމީހުންނަށް މިނިވަންކަމާއި އެކު ކައިވެނީގެ ކަންކަން ކުރިޔަށް ގެންދިއުމަށް ފުރުސަތު ދިނުމަށް މީޑިއާ އާއި އާންމުންގެ ކިބައިން އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް