ސަންގްރިއްލާ ރިސޯޓްގައި އަންހެން ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުން މީޑިއާ އޮފިސަރު ވިދާޅުވީ އައްޑޫ ސިޓީ ރިސޯޓެއްގައި އުމުރުން 30 އަހަރުގެ އަންހެނަކު މަރުވެފައިވާކަމުގެ ރިޕޯޓް މިރޭ 7:17 ގައި ފުލުހުންނަށް ކޮށްފައިވާކަމަށާއި އެ ފަތުވެރިޔާ މަރުވެފައިވާކަން ފޭދޫ ސިއްހީ މަރުކަޒުން ކަށަވަރު ކޮށްދީފައިވާކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަމުގައިވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
ސަންގްރިއްލާ ރިސޯޓްގައި ފަތުވެރިއަކު މަރުވިކަން ކަށަވަރުވެފައިވީނަމަވެސް އެ ފަތުރުވެރިޔާ މަރުވީ ކިހިނެއްކަން އަދި އެނގިފައެއް ނުވެ އެވެ. ފުލުހުން ބުނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލު އަދި ލިބިފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް