މާދަމާ ދާރުލް އާސާރާއި އުތީމު ގަނޑުވަރު ބަންދު!

ގައުމީ ދާރުލް އާސާރާއި އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރުން މާދަމާ ބަންދު ވާނެ ކަމަށް ޑިޕާޓްމަންޓު އޮފް ހެރިޓޭޖުން ހަމަކޮށްފި އެވެ. އެ ޑިޕާޓްމަންޓުން ނެރެފައިވާ ބާޔާނެއްގައި ބުނެފައިވަނީ މާދަމާ ބާއްވާ ލ...

05 May 2017 | 08:06

ގައުމީ ދާރުލް އާސާރާއި އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރުން މާދަމާ ބަންދު ވާނެ ކަމަށް ޑިޕާޓްމަންޓު އޮފް ހެރިޓޭޖުން ހަމަކޮށްފި އެވެ.

އެ ޑިޕާޓްމަންޓުން ނެރެފައިވާ ބާޔާނެއްގައި ބުނެފައިވަނީ މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅިގެން އެ ދެ ތަން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދެން ހުޅުވޭނީ އާދިއްތަ ދުވަހު ކަމަށް ބުނެ އެވެ.

ދާރުލް އާސާރަށް ޒިޔާރަތް ކުރެވީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:15 ން މެންދުރު ފަހު 3:30 އަށެވެ. އުތީމު ގަނޑުވުރު ހުޅުވިފައި ހުންނަނީ ހަމަ އެ ދުވަސްތަކުގެ ހެނދުނު 8:15 ން މެންދުރު 1:30 އަށެވެ.

އެންމެ ފަހުން މި ދެ ތަން ބަންދުކުރީ ސްވައިން ފްލޫ ފެތުރުނު ދުވަސްވަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް