ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ އެމެރިކާގެ ޓީވީ ސީރީޒް އެއް ކަމަށްވާ "ގޭމް އޮފް ތްރޯންސް" ވަނީ މިހާރު ނިމުނަކާ ހަމައަށް އައސްފަ އެވެ. އެހެންނަމަވެސް މީގެ މުޅިން އާ ސީރީޒްއެއް ހެދުމުގެ ތައްޔާރީ ވަމުން އަންނަ ކަމަށް އެޗްބީއޯ އިން ބުނެފި އެވެ.
މި ސީރީޒް މިހާރުގެ "ގޭމް އޮފް ތޮރޯން" އަށް ވުރެވެސް ބޮޑު ޕްރޮޖެކްޓަކަށް ވެގެން ދާނެ ކަމަށް އެޗްބީއޯ އިން ވަނީ ހާމަކޮށްފަ އެވެ.
އެ ނެޓްވޯރކުން އިތުރަށް ހާމަކުރި ގޮތުގައި އެ ނެޓްވޯރކުން ވަނީ ޖޯރޖ އާރް އާރް މާރޓިން އާއި އެކު "ގޭމް އޮފް ތްރޯންސް"ގެ އާ ސީރީޒް ހެދުމަށް މިހާރު ލިޔުންތެރިންނާއި ވާހަކަދައްކާ އެއްބަސްވެފަ އެވެ.
ލިޔުންތެރިން ބޭނުންވަރަކަށް ވަގުތުނަގައިގެން މި ސީރީޒްލިޔުމަށް ފުރުސަތު އެޗްބީއޯ އިން ދީފައިވާއިރު "ގެމް އޮފް ތްރޯންސް" ފޮތްތައް ލިޔުނު މާރޓިންވެސް މި ސީރީޒް ލިޔުމުގައި އެހީތެރިވާނެ ކަމަށް ެ ނެޓް ވޯރކުން ހާމަކުރެ އެވެ.
މިހާރު އަންނަ "ގޭމް އޮފް ތްރޯނަސް"ގައި ބާކީ އިނީ ދެ ސީރީޒް ކަމަށް ވާއިރު މި ސީރީޒްގެ ހަތް ވަނަ ސީޒަން އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޕްރިމިއަރ ކުރަން ވަނީ ނިންމާފަ އެވެ. އަދި އަށް ވަނަ ސީޒަންގައި ހިމެނޭނީ އެންމެ ހަ އެޕިސޯޑް ކަމަށްވެސް އެޗްބީއޯ އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް