އާސަހަރާގައި މީހުން ވަޅުލާން އަލުން ފަށައިފި

މާލޭގެ އާސަހަރާގައި އަލުން މީހުން ވަޅުލާން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު އަހުސަން ވިދާޅުވީ މިރޭ 12:00 ން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލަނީ އާސަހަރާގައ...

04 May 2017 | 19:33

މާލޭގެ އާސަހަރާގައި އަލުން މީހުން ވަޅުލާން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު އަހުސަން ވިދާޅުވީ މިރޭ 12:00 ން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލަނީ އާސަހަރާގައި ކަމަށެވެ. އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ.

މި ބަދަލު ކުއްލިގޮތަކަށް ގެނައި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ބަދަލު ގެނައީ ރޯދަ މަހު ހުޅުމާލޭ ސަހަރާއަށް މައްޔިތާ ގެންގޮސް ހެދުމުގައި އާންމުންނަށް އުނދަގުލާއި ކުރިމަތިލާން ޖެހޭނެތީ އެވެ.

މާލެ ސަރަހައްދުގައި މަރުވާ މީހުން ހުޅުމާލޭ ސަހަރާއަށް ވަޅުލާން ގެންދަން ފެށީ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެންނެވެ. ހުޅުމާލޭ ސަހަރާއަށް މީހުން ވަޅުލާން ގެންދަން ނިންމުމުން އާންމުން ވަނީ އެތައް ޝަކުވާއެއްކޮށްފައި އެވެ.

އެކަމަކު ސަރުކާރުގެ ނިންމުން މީގެ ކުރިން ބަދަލުކޮށްފައި ނުވާއިރު ހުޅުމާލެއަށް މައްޔިތާ ގެންދަން އުފުލާ ފެރީ ވަނީ އެއް ފަހަރު ހަލާކުވެފައި އެވެ. ފެރީ ހެދެންދެން އާންމު ފެރީއެއްގައި މައްޔިތާ އުފުލަން ޖެހުން ފަދަ ކަންކަން ހިނގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް