ކާފިއު ހިންގާ ގަޑީގައި ބޭރަށް ނުކުމެއް ފުރަތަމަ ފަހަރަށް ޖޫރިމަނާ ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ކާފިއު ހިންގި ގަޑީގައި ބޭރަށް ނުކުމެފައިވާ އެކަކު 1،000 ރުފިޔާއިން ޖޫރިމަނާ ކުރި ކަމަށެވެ. އެމީހާ ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ ދެ ދުވަހު ކާފިއު ގަޑީގައި ބޭރަށް ނުކުމެފައިވާތީ ދެ ދުވަހު ނަސޭހަތް ދިނުމަށް ފަހު އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ތިން ގަޑިއިރަށް ކާފިއު ހިންގަމުންދާއިރު މިއަދު ވަނީ146 މީހުން މަގުމަތިން ހުއްޓުވާފައި އެވެ. އޭގެ ތެރެއިން122 މީހުންނަކީ ދިވެހިންނެވެ.17 މީހުންނަކީ ބިދޭސީންނެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން139 މީހަކަށް ފުރަތަމަ ނަސޭހަތް ދީފައިވާ ކަމަށެވެ. ދެ ވަނަ ނަސޭހަތް ހަތް މީހަކަށް ދީފައިވެ އެވެ.
ކާފިއު ހިންގަމުންދަނީ ކޯވިޑް-19 އާއި ގުޅިގެން ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އިޖްތިމާއީ ގައިދުރު ކަމަށް ބާރު އެޅުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް