ސަރުކާރު ބަންދު ދުވަސްތަކުގައި ޓޫރިޒަމް މިނިސްޓްރީގެ ހިދުމަތް ލިބޭނެ

ޓޫރިޒަމް މިނިސްޓްރީގެ ހިދުމަތް ސަރުކާރު ބަންދު ދުވަސްތަކުގައި ލިބޭނެކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ ސަރުކާރު ބަންދު ދުވަސްތަކުގަ...

05 Apr 2020 | 07:53

ޓޫރިޒަމް މިނިސްޓްރީގެ ހިދުމަތް ސަރުކާރު ބަންދު ދުވަސްތަކުގައި ލިބޭނެކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ ސަރުކާރު ބަންދު ދުވަސްތަކުގައި ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 އަށް ރިސޯޓުތަކުން ބޭންކަށް ބޭނުންވާ ލިޔެކިޔުންތަކާއި މޯޓޭޖް ކްލިއަރެންސް އަދި ރަޖިސްޓްރީގެ ހިދުމަތް އެ މިނިސްޓްރީ އިން ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ނެރުނު ސާކިއުލަގައިވެ އެވެ.

މިނިސްޓްރީން ބުނީ އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ހުރިނަމަ އެމިނިސްޓްރީގެ ސިޓުއޭޝަން މޮނިޓަރިން ޔުނިޓްގެ ނަންބަރު 7223131 އަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ މުވައްޒަފުންނާއި މެދު ނުހައްގުން ގާނޫނާ ހިލާފަށް އަމަލުކުރާ ރިސޯޓުތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް