މިއީ މިރޭ ލ. ފޮނަދޫގައި ހިނގާދިޔަ ހާދިސާއެކެވެ. ކުޑަ ދެ ކުއްޖަކު މިރޭ 09:30 ހާއިރު ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ދިޔައެވެ. އެއް ކުއްޖެއްގެ އުމުރުން ވާނީ ގާތް ގަނޑަކަށް އަށް އަހަރެވެ. އަދި އަނެއް ކުއްޖާގެ އުމުރުން ވާނީ ގާތް ގަނޑަކަށް ހަތް އަހަރެވެ.
ދެ ކުދިން ގޮސް ފުލުސް އޮފީހުގައި ބުނީ ގޭގައި ދެ ކުއްޖަކު ހޮޑުލަމުން އަންނަ ވާހަކައެވެ. އަދި އެހީތެރިކަން ބޭނުން ވާހަކައެވެ.
ފުލުހުން އެ ދެ ކުދިންނާއެކު އެ ގެއަށް ދިޔައިރު ދެ ކުއްޖަކު ހޮޑުލަނީ އެވެ. ހޮޑުލަމުން ދިޔައީ ގާތްގަނޑަކަށް ނުވަ އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖެކެވެ. ހަތަރު ކުދިންނަކީވެސް ފިރިހެން ކުދިންނެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުދިން ބަލިވީ ކޮންމެވެސް އެއްޗެއް ކެވިގެން ކަމަށް ބެލެވެއެވެ. ނަމަވެސް އެކަން ކަށަވަރެއް ނޫނެވެ. އަދި އެ ދެ ކުދިންގެ ތެރެއިން ދެ އަހަރުގެ ކުއްޖާ ފޮނަދޫ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މައުލޫމާތު ލިބިފައިވާގޮތުގައި ދަރިން ގޭގައި އެކަނި ތިބި އިރު އަންހެން މީހާ ބޭރަށް ދިޔައީ ސިޔާސީ ބައްދަލުވުމަކަަަށެވެ.
މިއީ ހިތާމަވެރި ކަމެކެވެ. ކުޑަ ކުދިންތަކެއް އެކަނި ގެއަށް ދޫކޮށްލާފައި ދާން ހެޔޮ ނުވާނެއެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. ސިޔާސީ ކަމަކަސް އަދި އެހެން ކަމަކަސް ހަމަ އެކަނި ކުޑަ ކުދިންތަކެއް ދޫކޮށްލާފައި ދިއުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެ ވެވެނީވެސް އިހުމާލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް