އަޅުގަނޑު މަތީނަކަށް ތާއީދެއް ނުކުރަން – އިލްހާމަށް ވޯޓު ދެއްވާ: ރައީސް ޔާމީން

އުނގޫފާރު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އަބްދުލް މަތީން މުހައްމަދަށް ތާއީދު ނުކުރައްވާ ކަމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ...

05 Apr 2019 | 11:19

އުނގޫފާރު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އަބްދުލް މަތީން މުހައްމަދަށް ތާއީދު ނުކުރައްވާ ކަމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ އެއްވެސް މަންދޫބަކު ދާއިރާގެ އެއްވެސް ރަށަކަށް ފޮނުވާފައިނުވާނެ ކަމަށެވެ. އަދި ވާދަވެރި މި ދަނޑިވަޅުގައި ގޮނޑި ގެއްލެން ބޭނުން ނުވާކަމަށެވެ. އަދި ދާއިރާގެ ރައްޔިތުން ރައީސް ޔާމީނަށް ކަމެއް ކޮށްދެއްވާނަމަ އެ ގޮނޑީގައި އިލްހާމް ބައިންދާ ދިނުމަށް އެ އޯޑިއޯ މެސެޖުގައި ރައީސް ޔާމީން އެދިލެއްވިއެވެ.

ރައިސް ޔާމީންގެ ބަހެއް އަހާނެ ކޮންމެ މީހަކު މިއަދު އިލްހާމަށް ވޯޓް ދެއްވުމަށް ރައީސް ޔާމީން އެދިލެއްވިއެވެ. އަދި އިލްހާމް މި ގޮނޑީގައި ބައިންދާލަ ދިނުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް