ބައިސްކަލުން ޖެހި އަނިޔާވި ފިޔޮކަށް ފަރުވާކުރުމަށް ހޮސްޕިޓަލަށް ގޮސްފި

ދުއްވި ބައިސްކަލުން ޖެހި އަނިޔާވި ފިޔޮއް ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ކުއްޖާއަށް ތައުރީފު އޮއްސާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިޔާގެ ހުޅަންގުއުތުރުން މިޒޮރަމްގައި އޮންނަ އަވަށެއް ކަމުގައިވާ ...

05 Apr 2019 | 10:31

ދުއްވި ބައިސްކަލުން ޖެހި އަނިޔާވި ފިޔޮއް ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ކުއްޖާއަށް ތައުރީފު އޮއްސާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިޔާގެ ހުޅަންގުއުތުރުން މިޒޮރަމްގައި އޮންނަ އަވަށެއް ކަމުގައިވާ ސައިރަނގުގައެވެ. ބައިސްކަލުން ޖެހި ފިޔޮކަށް އަނިޔާވުމުން އަތުގައި ހުރި ހުރިހާ ފައިސާއެއް ހިފައިގެން ފިޔޮކަށް ފަރުވާ ކުރުމަށް އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް، ނަން ހޯދިފައި ނުވާ މި ކުއްޖާ ވަނީ ގޮސްފައެވެ.

މި ހާދިސާ ބަޔާންކޮށް ފޭސްބުކުގައި ޖެހި ޕޯސްޓެއް 88 ހާހަށްވުރެ ގިނައިން ޝެއާކޮށް 125 ހާހަށްވުރެ ގިނަ ރިއެކްޓު ލިބިފައެވެ. މި ޕޯސްޓަށް ކޮއްފައިވާ ބައެއް ކޮމެންޓުތަކުގައި އިންސާނިއްޔަތު ސަލާމަތުން އެބަ އޮތްކަމަށް އެއް ބަޔަކު ވަނީ ބުނެފައެވެ. އަދި އަނެއް ބަޔަކު ބުނެފައިވާ ގޮތުގައި ބޮޑަތި މީހުންގެ ގައިގައި މިކުއްޖާގެ ހިތްހެޔޮކަމުގެ އެއްބައި ހުރިނަމަވެސް މި ދުނިޔެ މާ ރަނގަޅު ތަނަކަށް ވީސް ކަމަށެވެ.

ފިޔޮކުގެ މިހާރުގެ ހާލަތު ނޭނގުނު ކަމުގައި ވިނަމަވެސް މި ކުއްޖާގެ މައުސޫމުކަމާއި ހިތްހެޔޮކަން މުޅި ދުނިޔެއަށް މިވަނީ އެނގިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް