ކަނޑިތީމު ދައިރާގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެން ތަކުގައި ހަގީގީ ކުލަ ޖައްސައި ނުދެވި 30 އަހަރުގެ މުއްދަތެއް ގުނަން ޖެހިފައިވާތީ ދާއިރާގެ ރައްޔިތުންގެ ޙައްގުގައި ފާޅުގައި އަޑު އުފުލަމުން ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދަވަމުން އަންނަ 1 ނަންބަރު ކެނޑިޑޭޓް ފަޔާޒް ވަރެއް ނެތެވެ.
މިއީ ރާއްޖޭގެ އޮންލައިން ނޫހަކުން ނެގި ޙިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ފަހު ދުވަސް އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ށ.ފޭދޫ އެމްޑީޕީއަށް ނިސްބަތްވާ އަލީ ނިޒާރާއި އަދާލަތު ޕާޓީ އަށް ނިސްބަތްވާ އިބްރާހިމް ވަހީދު އަދި ޕީޕީއެމަށް ނިސްބަތްވާ ހާމިދު ޔޫސުފްގެ އިތުރުން އެތަށް ޒުވާނެއްގެވެސް ޝުޢޫރުތައް ހުރި ގޮތެވެ.
ކަނޑިތީމު ދާއިރާގައި އެންމެ ތަފާތު އަދި ދާއިރާގެ ހުރިހައި ރަށަކަށް ނިސްބަތްވާ ހަމައެކަނި ކެނޑިޑޭޓް ފަޔާޒް ޔޫސުފް ޙިޔާލު ހޯދުމުގެ ވޯޓުން ދެވަނައިގައި ހިމެނިފައިވަތީ އެބޭފުޅަގެ ޝުއޫރުތައް ހުރިގޮތް ބަލާލުމަށް ގުޅަލުމުން ވިދާޅުވީ ވޯޓު ނުލެވި އެތަށް ބަޔަކު ތިބިކަމަށާއި 30 އަހަރު މެމްބަރުކަން ކުރެއްވި ބޭފުޅަކާއި ވާދަކޮށް ކަނޑިތީމު ދާއިރާ އަށް ވާދަ ކުރައްވާ ބޭފުޅުންނަށް އޮތް ތާއީދު އެވަނީ ފެނިފައިކަމަށާއި ދާއިރާގެ ދަރިއަކަށް ފުރުޞަތު ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޕާޓީ ފިކުރަށް ބެލުމެއްނެތި ފަޔާޒްގެ ފަހަތަށް އެރުން ބުއްދިވެރި ކަމަށާއި ދާއިރާގެ މެމްބަރާއި އިންތިޚާބުގައި ވާދަ ކުރެވޭ ހަމައެކަނި ބޭފުޅަކީ ފަޔާޒް ކަން ހިޔާލު ހޯދުމުގެ ވޯޓުން ސާބިތުވެފައި ވާކަމަށް ފަޔާޒް ވިދާޅުވިއެވެ.
" މާދަމާ ތިބޭފުޅުންގެ މުސްތަގުބަލް އުޖާލާ ކުރުމަށް އަޅުގަނޑަށް ވޯޓު ދެއްވާ، ފަސްނުޖެހި ސާބިތު ކަމާއިއެކު ތިއްބަވާ، އަޅުގަނޑު ތިބޭފުޅުންގެ ހައްގުތައް ކަށަވަރު ކޮށްދޭނަން، ތި އެދޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތް ކޮށްދޭނަން" ފަޔާޒް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް