އދ އިން ފްލޯޓިން ސިޓީއެއް އުފައްދަނީ

ތިމާވެށީގެ ކާރިސާތަކުން ސަލާމަތްވެވޭ ގޮތައް ފްލޯޓިން ސިޓީއެއް އުފައްދަން އދ އިން ނިންމައިފިއެވެ. އާކިޓެކްޓެއް ކަމުގައިވާ ބްޖާރްކޭ އިންޖެލްއާއި މިފަދަ ސިޓީތައް އުފައްދާ އޯޝާނިކްސް އާއި ގުޅިގެން ތައްޔާރ...

05 Apr 2019 | 06:54

ތިމާވެށީގެ ކާރިސާތަކުން ސަލާމަތްވެވޭ ގޮތައް ފްލޯޓިން ސިޓީއެއް އުފައްދަން އދ އިން ނިންމައިފިއެވެ.

އާކިޓެކްޓެއް ކަމުގައިވާ ބްޖާރްކޭ އިންޖެލްއާއި މިފަދަ ސިޓީތައް އުފައްދާ އޯޝާނިކްސް އާއި ގުޅިގެން ތައްޔާރުކުރި މި ޑިޒައިނުގައި ވާގޮތުން މި ސިޓީގައި 10 ހާސް މީހުނަށް އުޅެވޭނެއެވެ. ތިމާވެށީގެ ކާރިސާތައް ކަމުގައިވާ ފެންބޮޑުވުމާއި، ސުނާމީ ތަކުގެ އިތުރުން ކެޓަގަރީ ފަހެއްގެ ހަރިކޭންތަކުން މި ސިޓީ ސަލާމަތްވާނެކަމަށް މި ޑިޒައިން ތައްޔާރު ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ. އޯޝާނިކްސްއިން ގަބޫލުކުރާ ގޮތުގައި މި ސީޓީގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައާއި ކަނޑުގެ ލޮނުގަނޑު އުފުލުމުން ދިމާވާ މައްސަލަތަކައް ހައްލެއް ލިބިގެން ދާނެއެވެ.

މި ސިޓީގެ ކޮންސެޕްޓް ހުށައަޅާފައިވަނީ އދގެ ވައްމޭޒުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އދ ގެ ހިޔުމަން ސެޓްލްމަންޓް ޕްރޮގްރާމްގެ އެކްޒެކިޔުޓިވް ޑައިރެކްޓަރ މައިމޫނާ ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އދ އިން މި ޕްރޮޖެކްޓައް ތާއީދުކުރާކަމަށާއި އަދި މި ޕްރޮގްރާމް ކާމިޔާބު ކުރުމަށް މަގު ދައްކައިދޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް