ޖަޕާނުގެ އެމްޕަރަރ މަގާމު ދޫކޮށްލުމާއި ގުޅުވައި ދިހަ ދުވަހުގެ ޗުއްޓީއެއް ދޭން ނިންމުމުން އެގައުމުގެ ރައްޔިތުން ހިތްހަމަ ނުޖެހިއްޖެއެވެ.
މި ކަން ހާމަވެގެން ގޮސްފައިވަނީ ޖަޕާނުގެ ނޫހެއް ކަމުގައިވާ އަޝާހި ސިމްބަން ނޫހާއި އަދި އެކްސްޕިޑިޔާއިން ހެދި ސާވޭއަކުންނެވެ. "ގޯލްޑަން ވީކް" ނުވަތަ ރަނުގެ ހަފްތާގެ ނަމުން ނަންދީފައިވާ މި ޗުއްޓީއާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށް އަޝާހި ސިމްބަން ނޫހުން ހެދި ސާވޭގައި ބައިވެރިވި 56 ޕަސެންޓް މީހުން ވަނީ ބުނެފައެވެ. އަދި އެކްސްޕީޑިޔާއިން ހެދި ސާވޭއިން ދައްކާގޮތުގައި 46 ޕަސެންޓު މީހުން މި ޗުއްޓީއާއި މެދު ހިތްހަމަ ނުޖެހެއެވެ. މި ޗުއްޓީއާއި މެދު ހިތްހަމަ ޖެހޭ ކަމަށް ބުނެފައިވަނީ އެންމެ 35 ޕަސެންޓު މީހުންނެނެވެ.
މި ސާވޭއިން ހާމަވެފައިވާ ގޮތުގައި ގިނަ ބަޔަކު މި ޗުއްޓީއާއި މެދު ހިތްހަމަ ނުޖެހޭ މައިގަނޑު އެއް ސަބަބަކީ އެހާ ގިނަ ދުވަހަށް އާމު ހިދުމަތްތައް މެދު ކެނޑިގެން ދާތީއެވެ. މިގޮތުން ޑޭކެއާ ފަދަ ހިދުމަތްތައް ހުއްޓުމުން ދަރިން ބަލަން ޖެހޭތީ ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި އަނެއް ބައެއްގެ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ ބޮޑު ޗުއްޓީއެއް ލިބުމުން އޭގެ އަސަރު ލިބޭ މުސާރައަށް ކުރާނެތީއެވެ. ބައެއް ފަރާތްތަކުން މި ޗުއްޓީގައި ކުރާނެ ކަމެއް ނުވިސްނޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން ދޭން ނިންމި މި ޗުއްޓީ ފެށޭނީ އޭޕްރިލް 27 ގައެވެ. އަދި ނިމޭނީ މޭ ހަވަނަ ދުވަހުގައެވެ. މޭ އެއްވަނަ ދުވަހު ޖަޕާނުގެ އެމްޕަރަރ އަކިހިޓޯ މަގާމު ދޫކޮށްލާނެއެވެ. އަދި ހަމަ އެ ދުވަހު އޭނަގެ އެންމެ ދޮށީ ދަރިފުޅު، ނަރުހިޓޯ މަގާމާއި ހަވާލުވެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް