މަޖިލީހަށް އިންތިހާބު ކުރަންޖެހޭނީ ފައިސާއަށް ނުވިކޭ ނުފޫޒަށް ނުގުޑާ މެމްބަރުން: ރައީސް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭނީ ފައިސާއަށް ނުވިކޭ އަދި ނުފޫޒަށް ނުގުޑާ މެމްބަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހ...

04 Apr 2019 | 19:44

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭނީ ފައިސާއަށް ނުވިކޭ އަދި ނުފޫޒަށް ނުގުޑާ މެމްބަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕޭނު ނިންމުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާންޖެހޭނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ނިންމާފައިވާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ބޭފުޅުންނަށް ކަމަށެވެ. އަދި އެ މެމްބަރުންނަކީ އެމްޑީޕީ މެމްބަރުން ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް އޮތް ނަމަވެސް ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. އެގޮތުން 23 ބިލެއްގެ ތެރެއިން ފާސްކޮށްދީފައިވަނީ އެންމެ އަށް ބިލު ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ފާސް ނުކޮށްދިން ބިލުތަކުގެ ތެރޭގައި، އެމަނިކުފާނުގެ މުހިންމު ވައުދުތަކެއް ފުއްދުމަށް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލުތައް ހިމެނޭކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިބެންވާނީ ސަރުކާރުގެ ސިޔާސަތުތައް ދަންނަ އަދި ހިތުގެ އަޑިން އެ ސިޔާސަތުތައް ގަބޫލު ކުރާ ބޭފުޅުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް