އިތުބާރުނެތްކަމުގެ ވޯޓު ހުށަހެޅުމުން ރާއްޖޭގައި ކަންކުރަނީ ތަފާތު ގޮތަކަށް: ނަޝީދު

އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމުން ރާއްޖޭގެ ސަރުކާރު ކަންކުރަނީ ތަފާތު ގޮތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ސްރީލަންކާގައި ނެގ...

05 Apr 2018 | 08:28

އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމުން ރާއްޖޭގެ ސަރުކާރު ކަންކުރަނީ ތަފާތު ގޮތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ސްރީލަންކާގައި ނެގި އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގެ އިތރުބާރުނެތްކަމުގެ ވޯޓާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެވެ ނަޝީދު ވަނީ އެ ވޯތުން ރަނިލް ސަލާމަތްވެވަޑައިގެންފަވާތީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

އަދި ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މިފަދަ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި ރާއްޖެ އުޅެނީ ދެރަވަހާ ފަހަތުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވެރިއެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރާއްޖޭގެ މަޖިލީހަށް ހުށަހެޅުމުން ފެންނަނީ އެ ވޯޓު ނެގުމުގެ ބަދަލުގައި އެހެން މަންޒަރެއް ކަމަށެވެ.

އެގޮތުން ސަލާމަތީ ބާރުތައް ބޭނުންކޮށްގެން މަޖިލީސް ހިސޯރު ކުރުމާއި، ފަނޑިޔާރުން ހައްޔަރު ކުރުމަކީ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ހުށަހެޅުމުން ސަރުކާރުން ކަންތައް ކުރާ ގޮތްކަމަށެވެ. މީގެ އިތުރުން ފެންނަމުންދަނީ ގަނޫނުތައް މުގުރާލުމަށް ފަހު ހިތު ހުރި ގޮތަކަށް ވެރިކަން ކުރާ މަންޒަރު ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލައިގަ ސޮއި ކުރެއްވި މެންބަރުން ވެރިކަން ކުރާ ޕީޕީއެމްއިން ވަކިކޮށް އެ މެންބަރުންގެ ގޮނޑި ގެއްިފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އަދި އެ މައްސަލައަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މަޖިލީހުގެ ޖަލްސާތައް ހަމައަށް ބަރާބަރަށް ބޭއްވޭ ގޮތެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް