މަރުގެ މައްސަލައެއްގައި ހިމެނޭ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެއިމްސް ކުލިނިކުގެ ލެބޯރެޓަރީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދު މުއްދަތު ޖަހައިފި އެވެ. ކުއްލި ގޮތަކަށް އިއް...

05 Apr 2018 | 06:40

އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެއިމްސް ކުލިނިކުގެ ލެބޯރެޓަރީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދު މުއްދަތު ޖަހައިފި އެވެ.

ކުއްލި ގޮތަކަށް އިއްޔެ ހައްޔަރު ކުރީ ގުރްރާޖް ކިޝޯރް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް ނުބުނެ އެވެ. ބުނެފައިވަނީ އެމީހާ ހައްޔަރު ކުރީ ހުށަހެޅިފައިވާ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.

އެމީހާގެ ބަންދަށް މިއަދު ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ 13 ދުވަސް ޖަހާފައި އެވެ. ގުރްރާޖް އެ ކްލިނިކްގައި މަސައްކަތް ކުރަން ފެށީ 2016 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ 2014  ގައި ހިތަދޫ އައިއެމްޑީސީ ހޮސްޕިޓަލްގައި މަސައްކަތް ކުރާށެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ގުރުރާޖަކީ 2006 ވަނަ އަހަރު އޭނާގެ ލޯބިވެރިޔާ މަރާލިކަމަށް ފުލުހުންގެ ކުރިމަތީގައި އިއުތިރާފުވެފައިވާ މީހެކެވެ. އަދި ގުރްރާޖު އެ އަންހެން މީހާ މަރާލުމަށް  35 ތަނަކަށް ވަޅި ހެރިކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޭނާ ރާއްޖެ އައީ ނަން އޮޅުވާލައި ލިޔެކިޔުންތައް ބަދަލުކޮށްގެންނެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރީ ބާސްކަރު ސްރިވަސްތާ ގެ ނަމެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް