އެއާ ފްރާންސުން ރާއްޖޭގެ ދަތުރުތަކުގައި ޑްރީމް ލައިނާ ބޭނުން ކުރަން ފަށަނީ

ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންންސް އިން އަންނަ ފިނި މޫސުމުގައި ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކުގައި ފުރަތަމަ ފަހަރަށް ބޮއިންގެ 9-787 މަރުކާގެ ޑްރީމް ލައިނާ މަތިންދާބޯޓު ބޭނުންކުރަން ނިންމައި...

05 Apr 2018 | 05:00

ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންންސް އިން އަންނަ ފިނި މޫސުމުގައި ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކުގައި ފުރަތަމަ ފަހަރަށް ބޮއިންގެ 9-787 މަރުކާގެ ޑްރީމް ލައިނާ މަތިންދާބޯޓު ބޭނުންކުރަން ނިންމައިފި އެވެ.

އެ އެއާލައިނާ ހަވާލާދީ ބޭރުގެ މީޑިއާގައި ބުނެފައި ވަނީ އެ އެއާލައިނުން ރާއްޖެެއަށް ކުރާ ދަތުރުތަކަށް ގެންނަ ބަދަލުތައް މިދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި ފިނި މޫސުމާއި ދިމާކޮށް އެ އެއާލައިނުން ކުރާ ދަތުރުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ޑްރީމް ލައިނާ މަތިންދާބޯޓު ނޮވެމްބަރު މަހު އެއް ވަނަ ދުވަހުން ފެށިގެން ބޭނުން ކުރަން ފަށަން ނިންމާފައިވާއިރު ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ކުރާނެ ކަމަށް ބުނެފައިވެ އެވެ. މިހާރު އެ އެއާލައިނުން ރާއްޖެއަށް ކުރަނީ ހަފްތާއަކު ދެ ދަތުރެވެ.

ޑްރީމް ލައިނާ މަތިންދާ ބޯޓަކީ 290 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެއީ ޖާގަ ތަނަވަސް ތެލުގެ ހަރަދު ކުޑަ މަތިންދާ ބޯޓެކެވެ.

މިހާރު އެއާ ފްރާންސްއިން ރާއްޖެއަށް ކުރާ ދަތުރު ތަކުގައި ބޭނުން ކުރަމުން އަންނަނީ ބޮއިންގް 777ގެ 200-އީއާރު ވޭރިއަންޓުގެ މަތިންދާ ބޯޓެކެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ޑިގޯލް އެއާޕޯޓުން ރާއްޖެއަށް ސީދާ ދަތުރުތައް އެއެއާލައިނުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް