"ސްޓޫޑެންޓް އޮފް ދި އިއާ 2" ގެ ސްކްރިޕްޓަށް ކުއްލި ބަދަލުތަކެއް!

ކަރަން ޖޯހަރު ޑައިރެކްޓު ކުރާ "ސްޓޫޑެންޓު އޮފް ދި އިއާ 2" ގެ ސްކްރިޕްޓަށް ކުއްލިއަކަށް ބަދަލު ގެންނަން ފަށައިފި އެވެ. މި ފިލްމަކީ ޑާންސާއި ލޯބީގެ މަންޒަރުތައް ހިމަނައިގެން ހަދާ ފިލްމެކެވެ. އެކަމަކު މި...

05 Apr 2018 | 04:30

ކަރަން ޖޯހަރު ޑައިރެކްޓު ކުރާ "ސްޓޫޑެންޓު އޮފް ދި އިއާ 2" ގެ ސްކްރިޕްޓަށް ކުއްލިއަކަށް ބަދަލު ގެންނަން ފަށައިފި އެވެ.

މި ފިލްމަކީ ޑާންސާއި ލޯބީގެ މަންޒަރުތައް ހިމަނައިގެން ހަދާ ފިލްމެކެވެ. އެކަމަކު މިހާރު ކަރަން ގެންދަނީ ފިލްމުގެ މަންޒަރުތަކަށް ބަދަލު ގެނައުމުގެ ގޮތުން ސްކްރިޕްޓަށް ގިނަ އެކްޝަން މަންޒަރުތައް އިތުރު ކުރަމުންނެވެ.

ފިލްމުގެ ސްކްރިޕްޓަށް ކުއްލި ބަދަލުތަކެއް ގެންނަމުން މިދަނީ ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ޓައިގާ ޝްރޮފްއަށް ހާއްސަކޮށްގެންނެވެ. އެއީ އޭނާ އަކީ އެކްޝަން ފިލްމުތައް ކުޅުމަށް ކުޅަދާނަ މީހަކަށްވެފައި މިދިޔަ އަހަރު ރިލީޒްވި ޓައިގާގެ ޑާންސް ފިލްމު "މުންނާ މިޝައިލް" ފްލޮޕް ވެފައިވާތީ ކަަމަށް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ޓައިގާ ގެ "ބާގި 2" އަކީ އެކްޝަން ފިލްމެކެވެ. އެ ފިލްމު ވަނީ މިއަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހުން އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ މަގާމު ހޯދާފައި އެވެ. އެ ފިލްމު ވަނީ ފުރަތަމަ ދުވަހުން 25 ކްރޯޑް ރުޕީސްގެ އާމްދަނިއެއް ހޯދާފައި އެވެ.

ކަރަން ޖޯހަރު "ސްޓޫޑެންޓް އޮފް ދި އިއާ 2" ގެ ސްކްރިޕްޓަށް ބަދަލު ގެންނަން ފެށީ މި ފިލްމަށް ލިބެމުންދާ ކާމިޔާބީ ފެނިފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ "ބާގި 2" ރިލީޒްވި ފަހުން ކަރަން ދެ ފަހަރެއްގެ މަތިން ފިލްމުގެ ސްްރިޕްޓަށް ބަދަލު ގެނެސް އެކްޝަން މަންޒަރުތައް އިތުރު ކޮށްފި އެވެ.

"ސްޓޫޑެންޓު އޮފް ދި  އިއާ 2" ގައި ޓައިގާ ޝްރޮފް އާއި އެކު ފެނިގެންދާ ލީޑް އަންހެން ތަރިއަކީ ކާކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ  ނޮވެމްބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް