ހިންދީ ޑްރާމާ ސީރީޒް "ޔޭ ހޭ މޮހައްބަތެއިން" ގައި މުހިންމު ރޯލަކުން ފެނިގެންދާ ޝިރީން މިރްޒާ (ސިންމީ) އަށް މުމްބާއީން ކުއްޔަށް ގެއެއް ހޯދުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް އޭނާ ބުނެފި އެވެ.
ޝިރީންގެ ފޭސްބުކްގައި ބުނެފައިވަނީ ގެ އެއް ބަލަން ދާއިރަށް ފުރަތަމަވެސް ބުނަނީ ތިއީ މީހަކާ ނީނދެ ހުރި މުސްލިމް އެކްޓު ކުރާ މީހެއް ކަމަށެވެ. އެހެންވެ ގެއެއް ކުއްޔަށް ދެވެން ނެތް ކަމަށެވެ. އޭނާ ބުނީ މުސްލިކަމަށް ވުމަކީ އޭނާއަށް ގެއެއް ކުއްޔަށް ހިފައިގެން އަމިއްލަ ދިރިއުޅުމެއް ނޫޅެވެންވީ ސަބަބެއް ނޫން ކަމަށެވެ.
އަދި ކުއްޔަށް ތަނެއް ދޭއިރު ސިނގިރޭޓާއި މަސްތުވާތަކެތި ބޭނުން ކުރަންތޯ އެހުމުގެ ބަދަލުގައި ދައްކަނީ އެކްޓު ކުރާ މީހުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމުގެ ވާހަކަ ކަމަށެވެ. އޭނާ ބުނެފައިވާގޮތުގައި ވޭތުވެ ދިޔަ އަށް އަހަރު ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށް މުމްބާއީގައި ހޭދަކޮށްފައިވަނީ ވަރަށް ހިތްދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
އެއީ އޭނާއަށް ދާއިރާއިން ލިބެމުންދާ ލޯތްބާއި ސަޕޯޓަށް ބަލާއިރު އެފަދަ ސިޓީއަކުން ފެންނަން ބޭނުން ނުވާ މަންޒަރެއް ކަމަށް ޝިރީން ބުނެފައިވެ އެވެ. ޝިރީން ބުނީ މިހާރު ގެއެއް ހޯދުމަށް މަސައްކަތް ކުރާތާ ދެމަސްވެފައިވާ ކަމަށެވެ.
މިވޭތުވެދިޔަ އަށް އަހަރު ތެރޭގައި ޝިރީން ވަނީ "ޔޭ ހޭ މޮހައްބަތެއިން" ގެ އިތުރުން ތިން ފިލްމަކާއި ތިން ޑްރާމާ ސީރީޒް އެއްގައި މަސައްކަތް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް