ސޯޝަލް މީޑިއާ މެދުވެރިކޮށް އުރީދޫގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ "އުރީދޫ ނެކްސްޓް" ވައިބާ މެދުވެރިކޮށް ބޭނުން ކުރެވޭގޮތް ހަދައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އުރީދޫ ނެކްސްޓްގެ ހިދުމަތް ދެމުންދިޔައީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް އެކަންޏެވެ. މި ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ އެ ކުންފުނީގެ ސީއީއޯ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، ވައިބާގައި މި ހިދުމަތް ދޭން ފެށުން މިއީ އުރީދޫގެ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރަށް އިތުރުވެގެން ދިޔަ މުހިންމު ބޮޅެއް ކަމަށެވެ.
އުރީދޫއިން ބުނީ މިހާ އަވަހަށް އިތުރު ޕްލެޓްފޯމެއްގައި ހިދުމަތް ދޭން ފެށީ މެސެންޖާ މެދުވެރިކޮށް ހިދުމަތް ހޯދި މީހުންގެ އަދަދު ހީނުކުރާ ވަރަށް އިތުރުވުމުން ކަމަށެވެ. އުރީދޫ ނެކްސްޓް އަކީ އާޓިފިޝަލް އިންޓެލިޖެންސް އާއި އަމިއްލަ އަށް ކަންކަން ދަސްކޮށް، ތަރައްގީވާނެ ގޮތަށް މެޝިން ލާނިން ހިމެނޭ ޕްލެޓްފޯމް އެކެވެ.
އުރީދޫން އާންމުކޮށްފައިވާ ކޯޑް ފޭސްބުކް މެސެންޖާ ނުވަތަ ވައިބާ އިން ސްކޭން ކުރުމުން "އުރީދޫ ނެކްސްޓް"ގެ ޗެޓް ސްކްރީނެއް ހުޅުވޭނެ އެވެ. އެ ޗެޓް ވިންޑޯގައި ރައްޓެހިންނާ ވާހަކަ ދެއްކޭ ގޮތަށް އުރީދޫގެ ހިދުމަތްތައް ހޯދުމަށް ޗެޓްކޮށް، އޮޕްޝަންތައް އިތުރަށް ބަލައި ހެދުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތަކަށް އެދެވޭނެ އެވެ.
މި ހިދުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ހޯދޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް