މިދިޔަ މަހު ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު ދައުލަތަށް މީރާ މެދުވެރިކޮށް 1.5 ބިލިއަން ރުފިޔާ ލިބުނު ކަމަށް އެ އިދާރާއިން ބުނެފި އެވެ. މީރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިއަދަދަކީ އެ އިދާރާއިން އާމްދަނީގެ ގޮތުގައި ލިބޭނ...

05 Apr 2018 | 02:36

މިދިޔަ މަހު ދައުލަތަށް މީރާ މެދުވެރިކޮށް 1.5 ބިލިއަން ރުފިޔާ ލިބުނު ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މީރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިއަދަދަކީ އެ އިދާރާއިން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 28 ޕަސެންޓު އިތުރު އަދަދެކެެވެ. އަދި އެއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 16 ޕަސެންޓު އިތުރު އަދަދެކެވެ.

މާޗު މަހުގައި އެ އޮތޯރިޓީއަށް ޖީއެސްޓީގެ ގޮތުގައި 780.15 މިލިއަން ރުފިޔާ ލިބުނެވެ. ޓޫރިޒަމް ލޭންޑް ރެންޓުން 323.44 މިލިއަން ރުފިޔާލިބުނެވެ. އަދި ބީ.ޕީ.ޓީން 1221.66 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސް 76.36 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ 59.72 މިލިއަން ރުފިޔާ ލިބުނު ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 71.2 މިލިއަން ޑޮލަރެވެ.

މީރާއިން ބުނި ގޮތުގައި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އެކި ބާވަތުގެ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރު ވުމެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ފައިސާ ލިބުމަކީ ވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި ސަބަބެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް