ޕްރައިމަރީން ބަލިވި މީހުން އިންތިހާބުގައި ވާދަކުރާނަމަ ޕާޓީން ވަކިކުރާނަން: އެމްޑީޕީ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން ވާދަކުރާ ހުރިހާާ ކެނޑިޑޭޓުން ޕާޓީ...

05 Mar 2020 | 17:30

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން ވާދަކުރާ ހުރިހާާ ކެނޑިޑޭޓުން ޕާޓީން ވަކި ކުރަން އެމްޑީޕީއިން ނިންމައިފި އެވެ.

އެމްޑީޕީއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބުގެ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުރެ ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެ، އަމިއްލަ ގޮތުން ވާދަކުރާ ހުރިހާާ ކެނޑިޑޭޓުން ޕާޓީން ވަކި ކުރަން އެމްޑީޕީއިން ނިންމާފައި ވާ ކަމަށެވެ.

އެމްޑީޕީއިން ބުނެފައިވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު އެގޮތަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާތަކެއް ބެލުމަށްފަހުގައި ކަމަށެވެ.

އެމްޑީޕީ އިން ވަނީ ވޯޓަކާ ނުލާ 13 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެއީ ކައުންސިލް އިންތިޚާބުގެ ވޯޓަކާ ހަމަށް ނުގޮސް ކަށަވަރުވެފައިވާ 15 ކެންޑިޑޭޓެއްގެ ގޮނޑީގެ ތެރެއިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް