ދިއްދޫން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ހަވާލުކުރަން ފަށައިފި

ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވިވާ 110 ފޮލެޓް އޭގެ ހައްގުވެރި ފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ. ސަރުކާރުގެ ބޯ...

05 Mar 2020 | 11:43

ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވިވާ

110 ފޮލެޓް އޭގެ ހައްގުވެރި ފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، 110 ފްލެޓް ލިބިފައިވާ ހައްގުވެރިން ތަނާއި ހަވާލުވުމުގެ ކުރިން ތަން ބަލައި އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ދިއްދޫއިން ފުލެޓް ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން އަށް ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ހއ. ދިއްދޫގައި ވަނީ 250 ފްލެޓު އިމާރާތްކޮށްފަ އެވެ. މިހާތަނަށް 140 ފްލެޓް މީހުންނާއި ހަވާލުކޮށް ނިމިފައިވާއިރު ބާކީ ހުރި 110 ފްލެޓު ލިބެނީ ހައްގުވެރި ފަރާތަށްކަން ކަށަވަރުކުރުމުގެ ގޮތުން އޭސީސީ އާއި އެޓާނީ ޖެނެރަލް އޮފީހުގެ ލަފާއާއި އެކު ފްލެޓަށް އެދި ހުށައެޅި ފޯމްތައް ވަނީ އަލުން އިވެލުއޭޓްކޮށް ލިސަސްޓް ތަރުތީބުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް