ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އެޅި މިސްކިތަށް މޯލްޑިވްސް ގޭހުން 2.5 މިލިއަން

ކުރީގެ ފަސްޓް ލޭޑި ފާތިމަތު އިބްރާހީމްގެ މައިންބަފައިންގެ ހަނދާނުގައި، ހުޅުމާލޭގައި އެޅި "މަސްޖިދުލް ވާލިދައިން" މިސްކިތް އިމާރާތްކުރަން މޯލްޑިވްސް ގޭހުން އޮޅުވާލައިގެން 2.5 މިލިއަން ރުފިޔާ ހޭދަކޮށްފަ...

05 Mar 2019 | 10:17

ކުރީގެ ފަސްޓް ލޭޑި ފާތިމަތު އިބްރާހީމްގެ މައިންބަފައިންގެ ހަނދާނުގައި، ހުޅުމާލޭގައި އެޅި "މަސްޖިދުލް ވާލިދައިން" މިސްކިތް އިމާރާތްކުރަން މޯލްޑިވްސް ގޭހުން އޮޅުވާލައިގެން 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފަޅާއަރައިފިއެވެ.

މޯލްޑިވްސް ގޭހުގެ ބަޖެޓުން މި މިސްކިތް ބިނާކުރަން ބޮޑު ހޭދައެއް  ދިޔަކަން ފަޅާ އެރީ، އެ ކުންފުނީގެ އެހެން މަޝްރޫއެއްގެ ނަމުގައި ގަނެފައިވާ ގިނަ އަދަދެއްގެ ސާމާނު، މިސްކިތް އިމާރާތްކުރަމުން ދިޔަ ސައިޓަށް ގެންގޮސްފައިވާކަމުގެ ލިޔެކިޔުންތަކަކުންނެވެ. މައުލޫމާތު ލިބޭގޮތުން އެ ސާމާނަކީ ތިނަދޫ ޕްރޮޖެކްޓެއްގެ ނަމުގައި ނަގާފައިވާ ސާމާނުތަކެކެވެ.

ހުޅުމާލޭ ރެހެންދި ސުކޫލު ކައިރީ އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުވައިދެއްވީ ކުރީގެ ރައީސް ޔާމީނެވެ. މި މިސްކިތް ހުޅުވީ މިދިޔަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހުގައެވެ. 700 މީހުންނަށް އެއްފަހަރާ ނަމާދަށް އެރޭ މި މިސްކިތް އިމާރާތްކޮށްފައިވަނީ ދެބުރިއަށެވެ.

ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫނަކީ ފާތުން ހިންގެވި ސޮދަގާތު ފައުންޑޭޝަނުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް