13 ލަގެޖު ފުރާ ބުދު ހިފައިގެން ރާއްޖެ އައީ "ޕީސްފުލް ގެދަރިން" އަކަށް

ބުދުތަކަކާއެކު ރާއްޖެ އައި ބަޔަކު އެތަކެއްޗާއެކު މިހާރު ފުރާފައިވާއިރު އެމީހުން ރާއްޖެ އައީ ޕީސްފުލް ގެދަރިން އަކަށް ކަމުގައި އެމީހުންނާ ސުވާލު ކުރުމަށްފަހު ކަސްޓަމްސް އިން ބުނެފިއެވެ. ކަސްޓަމްސް އިން...

05 Mar 2019 | 09:40

ބުދުތަކަކާއެކު ރާއްޖެ އައި ބަޔަކު އެތަކެއްޗާއެކު މިހާރު ފުރާފައިވާއިރު އެމީހުން ރާއްޖެ އައީ ޕީސްފުލް ގެދަރިން އަކަށް ކަމުގައި އެމީހުންނާ ސުވާލު ކުރުމަށްފަހު ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މި މީހުން ގެނައި 13 ލަގެޖެއް އެކްސްރޭ ކުރެވުނުއިރު އަޅުކަން ކުރަން ބޭނުންކުރާ ޒާތުގެ ބުދުފަދަ ތަކެތި ހުރިކަމަށް ޝައްކު ކުރެވި އިތުރަށް ބަލާ ފާސްކުރިއިރު މި 13 ލަގެޖުގައިވެސް ހުރީ އަޅުކަން ކުރަން ބޭނުންކުރާ ބުދު ފަދަ ތަކެތިކަން ކަސްޓަމްސް އަށް ޔަގީން ކުރެވުނު ކަމަށެވެ.

" މި ތަކެއްޗާމެދު ސުވާލުކުރުމުން މި ތަކެތި ގެނައިފަރާތުން މި ތަކެއްޗަކީ އާޓިފެކްސްޓްސް ތަކެއް ކަމަށާއި އެމީހުން ރާއްޖެ އައިސްފައިވަނީ "ޕީސްފުލް ގެދަރިން" އަކަށް ކަމަށް ބުނެފައިވޭ، މިގޮތުން ހިފަހައްޓާފައިވާ ބުދުތަކުގެ ތެރޭގައި އެކި ސައިޒުގެ 28 ބުދު ހިމެނޭ" ކަސްޓަމްސް އިން ބުނެފައިވެއެވެ.

މާރިޗު 03 ވަނަ ދުވަހުގެރޭ އިންޑިއާއިން ރާއްޖެއައި ބަޔަކު އެތެރެކުރަން އުޅުނު މި ތަކެތި އެތެރެކުރަން އުޅެފައިވަނީ ވައިގެ މަގުން ޓޫރިސްޓް ވިސާގައި ރާއްޖެ އައި އިންޑިއާގެ ހަތަރު ރައްޔިތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް