ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަހަރީ ދުވަހާއި ގުޅިގެން ޕޭޝަންޓުންނަށް ވަރަށް ޚާއްސަ އަގުތަކަކާއި އެކު މެޑިކަލް ޕެކޭޖުތަކެއް އެކުލަވާލައިފިއެވެ. މި ޕެކޭޖްތަކުގެ ދަށުން ޚިދުމަތް ދެވޭނީ 1 މާރޗް އިން 31 މާރޗް 2019 ގެ ނިޔަލަށެވެ.
"ވެލްނެސް ޓުގެދާރ" ގެ ނަމުގައި މި ހޮސްޕިޓަލުން ކުރިޔަށްގެންދާ ޕެކޭޖު ތަކުގެ ތެރޭގައި 40 އަހަރުން ދަށުގެ އަންހެނުންނާއި 40 އަހަރުން ދަށުގެ ފިރިހިނުންނަށް އެކުލަވާލައިފައިވަނީ 1000 ރުފިޔާގެ ޕެކޭޖެކެވެ. މީގެ ތެރޭގައި ކްލިނިކަލް އެގްޒަމިނޭޝަންގެ ގޮތުގައި، އިސްކޮޅާއި ބަރުދަން ބެލުމާއި، ބްލަޑް ޕްރެޝާރ ބެލުމުގެ އިތުރުން ހަށިގަނޑުގެ ފިޒިކަލް އެގްޒަމިނޭޝަން ބަލާލެވޭނެއެވެ. އަދި މި ޕެކޭޖުން ލެބޯޓްރީ އިންވެސްޓިގޭޝަން ގެ ދަށުންވެސް ޓެސްޓްތަކެއް ހެދޭނެއެވެ. މީގެ ތެރޭގައި ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯމޯން ޓެސްޓާއި، ފުލް ބްލަޑް ކައުންޓް ޓެސްޓްގެ އިތުރުންވެސް ބައިވަރު ޓެސްޓްތައް ހެދޭނެއެވެ. 40 އަހަރުން ދަށުގެ ދެ ޖިންސްގެ މީހުންނަށް މި ޕެކޭޖް ތަކުގެ ދަށުން އެކުލަވާލައިފައިވާ ބައެއް ޓެސްޓްތައް ތަފާތެވެ.
މީގެއިތުރުން 40 އަހަރުން މަތީގެ އަންހެނުންނާއި، 40 އަހަރުން މަތީގެ ފިރިހިނުންނަށް އެކުލަވާލައިފައިވާ ޕެކޭޖު ގެ އަގަކީ 1500 ރުފިޔާއެގެ. މި އުމުރުފުރާގެ ޕެކޭޖުތަކުގައިވެސް ކްލިނިކަލް އެގްޒަމިނޭޝަން ޓެސްޓްތަކާއި ލެބޯޓްރީ އިންވެސްޓިގޭޝަން ޓެސްޓްތައް ހިމެނެއެވެ. އަދި 40 އަހަރުން މަތީގެ މީހުންނަށް ރޭޑިއޮލޮޖީގެ ގޮތުގައި ބޯން ޑެންސިޓޮމެޓްރީ ޓެސްޓް ހަދާލެވޭނެއެވެ.
މި ޕެކޭޖްތަކުގެ އިތުރުން 9 މާރޗް 2019 ވާ ދުވަހު ހެނދުނު 9ން އިރުއޮއްސި 6 ޖަހަންދެން ހިލޭ ޑޮކްޓަރަށް ދެއްކޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ރެޖިސްޓާރ ކުރެއްވުމަށް 3351610 ނަންބަރު ފޯނަށް ގުޅުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް