ހަލީލްގެ އާއިލާގެ 12 މީހަކަށް ފްލެޓް ދީފައިވާ ކަމަށް ހާމަވެއްޖެ

ޕީޕީއެމް ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލްގެ އާއިލާގެ 12 މީހަކަށް ޕްލެޓް ލިބިފައިވާކަމަށް ހާމަވެއްޖެއެވެ. މިކަން ހާމަވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާ...

05 Mar 2019 | 08:04

ޕީޕީއެމް ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލްގެ އާއިލާގެ 12 މީހަކަށް ޕްލެޓް ލިބިފައިވާކަމަށް ހާމަވެއްޖެއެވެ. މިކަން ހާމަވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ނަންތައް އިއްޔެ އިއުލާންކުރި އިރުގައެވެ.

ފްލެޓް ލިބިފައިވާ ހަލީލުގެ އާއިލީ މެމްބަރުންގެ ތެރޭގައި އަނބިކަނބަލުންނާއި، އެއްބަނޑު އެއްބަފާ ކޮއްކޮއިންނާއި އެމީހުންގެ އަބިންނާއި ފިރިން ހިމެނެއެވެ. އަދި ހަލީލުގެ ރަށްކަމުގައިވާ ނިލަންދޫ ގައި ތިބި އާއިލީ މީހުންނަށްވެސް ޕްލެޓް ލިބިފައިވެއެވެ. މީގެ ތެރެއިން ބައެއް ދެމަފިރިންނަށް ދެ ފްލެޓް ވެސް ލިބިފައިވެއެވެ.

ފްލެޓް ލިބިފައިވާ ހަލީލުގެ އާއިލާގެ މެމްބަރުންނަށް ޕޮއިންޓު ލިބިފައިވަނީ 70 އަށްވުރެ ދަށުންނެވެ.

ނިމިދިޔަ ސަރުކާރުން ސިޔާސީ ނުފޫޒުގެ ދަށުން ވަރަށް ގިނަ މީހުންނަށް ފްލެޓް ދީފައިވާކަމަށް ގިނަ ބަޔަކު މިހާރުވެސް އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް