ޔާމީނުގެ ވެރިކަމުގައި މަދަނީ ޖަމިއްޔާތަކަށް އުނދަގޫކޮށް ބިރުދައްކާފައިވޭ: އީވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މަދަނީ ޖަމިއްޔާތަކަށް ތަކުރާރުކޮށް އުދަނގޫކޮށް ބިރުދައްކާފައި ވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މި...

05 Mar 2019 | 07:38

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މަދަނީ ޖަމިއްޔާތަކަށް ތަކުރާރުކޮށް އުދަނގޫކޮށް ބިރުދައްކާފައި ވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް ހުށަހަޅުއްވާފައިވާ ޖަމިއްޔާތަކުގެ ބިލަށް ބަހުސްކުރަމުންނެވެ.

އީވާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި މަދަނީ ޖަމިއްޔާތަކުގެ އިތުރުން، ހާއްސަކޮށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ގާތްގަނޑަކަށް މަސައްކަތް ނުކުރެވޭ މިންވަރަށް އުނދަގޫކޮށްފައިވާކަމަށެވެ. މަދަނީ ޖަމާއަތްތަކަށް ފުލުހުން ލައްވައި ހުރަސްއެޅުމާއި، މަދަނީ ޖަމާއަތްތައް ގޮވައިގެން ކޯޓަށް ދިއުމުގެ އިތުރުން ފައިނޭންސްގެ ގޮތުން އެ ޖަމާއަތްތަކަށް އުނދަގޫކޮށްފައިވާކަމަށް އީވާ ވިދާޅުވިއެވެ.

މި ބިލަށް ބަހުސްކުރަމުން އީވާ އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ޔާމީނުގެ ހުދުމުހުތާރު ވެރިކަމުގައި، ދައުލަތުގެ މުއައްސަސާތަކަށް ކުރިމަތިކުރުވި ފިއްތުންތަކުގެ ސަބަބުން މަދަނީ ޖަމާއަތްތަކަށްވެސް އޭގެ އަސަރު ފޯރާފައިވާކަމަށެވެ.

މަދަނީ ޖަމާއަތްތަކަކީ މުޖުތަމައުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއްކަމަށް ބުނަމުން އިވާ އިތުރަށް ވިދާޅުވީ، އެއްބައި ޖަމާއަތްތަކަކީ ދައުލަތުގެ ބާރު ހިފެހެއްޓުމަށް މަސައްކަތްކުރާ ޖަމާއަތްތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް