އީސީގެ މެމްބަރުކަމަށް އަނެއްކާވެސް ހަބީބްގެ ނަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަނެއްކާވެސް އެކޮމިޝަނުގެ މެމްބަރުކަމުގައި މިހާރުވެސް ހުރި، އިސްމާއިލް ހަބީބްގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ. އީސީ އިން މެމް...

05 Mar 2019 | 07:06

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަނެއްކާވެސް އެކޮމިޝަނުގެ މެމްބަރުކަމުގައި މިހާރުވެސް ހުރި، އިސްމާއިލް ހަބީބްގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

އީސީ އިން މެމްބަރުކަމަށް ހުޅުވައިލި ފުރުސަތުގައި 16 މީހުންވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން މެމްބަރުކަމަށް ހޮވެނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ދޭ މާކްސްއަށް ބަލާފައެވެ. އެގޮތުން ހަބީބްއަށް ލިބުނީ 90.28 މާކުހެވެ. ދެން އެންމެ މަތިން މާރކްސް ލިބުނީ އަހުމަދު މޫސާ ހ.އަމްސާވިލާ، މާލެ އަށެވެ. އޭނާއަށް ލިބުނީ 75.57 މާކްސްއެވެ.

އެހެންކަމުން އީސީގެ މެމްބަރުކަމަށް ކުރިމަތި ލެއްވި 16 މީހުންގެ ތެރެއިން ނަން ފާސްވީ އެންމެ މަތިން މާރކްސް ހޯއްދެވި ހަބީބްއާއި ދެވަނައަށް އެންމެ މަތިން މާރކްސް ހޯއްދެވި އަހުމަދު މޫސާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެމްބަރުކަމުގެ މަގާމަށް މީހަކު އައްޔަން ކުރަން ނަގާ ވޯޓު އެޖެންޑާ ކޮށްފައިވެއެވެ.

އީސީގެ މެމްބަރެއްގެ ގޮތުގައި ހުންނަން ދެ ދައުރު ލިބެއެވެ. އެހެންކަމުން ދެން ފެށޭނީ ހަބީބްގެ ދެވަނަ ދައުރެވެ. ކޮންމެ ދައުރެއްވެސް ދިގުދެމިގެންދާނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް