ކ.ގުރައިދޫ ދާއިރާ އަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕޭނު ޖަލްސާއަށް ރައީސް ސޯލިހު މިރޭ ކ.ގުރައިދޫއަށް ވަޑައިގަންނަވާނެއެވެ. މިއީ ރައީސް ސޯލިހު މަޖިލިސް އިންތިހާބުގެ ކެމެޕޭނު ހަރަކާތަކު ރަސްމީކޮށް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރައީސް ސޯލިހު މިރޭ ބައިވެރިވާނީ ކ.ގުރައިދޫ އިން އެމްޑީޕީގެ ޓިކެޓް ލިބިފައިވާ، އާދިލް ސަލީމްގެ ކެމްޕޭނު ޖަލްސާގައެވެ.
ދުވަހަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މި ކެމްޕޭނު ދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ އެމްޑީޕީ އިން ކަމަށެވެ. އަދި އާދިލް ސަލީމްގެ ކެމްޕޭނު ޖަލްސާއަށް މިއަދު ހެނދުނު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގަންނަވާފައިވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ. މި ދެބޭފުޅުން ގުރައިދޫއަށް ވަޑައިގަތުމުގެ ކުރިން ހުރާ އަދި މާފުއްޓަށް ވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި ރައީސް ސޯލިހު ވަޑައިގަންނަވާނީ ހަމައެކަނި ގުރައިދޫއަށް ކަމަށްވެސް ހޫދު އިތުރަށް ވިދާޅުވިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ޖަލްސާއަކަށް ރަސްމީކޮށް ރައީސް ސޯލިހު ވަޑައިގަންނަވާ ފުރަތަމަ ދަތުރުކަމުގައި ވިޔަސް، މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ތެރޭގައި އެމަނިކުފާނުވަނީ ބައެއް ބޭފުޅުންގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް