މަޖިލީސް ރައީސަށް 16 މާރިޗާ 06 މާރިޗް އޮޅިވަޑައިގެންނެވީތޯ އެވެ !

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބޭއްވި ޖަލްސާއަކީ މި އަހަރުގެ ފުރަތަމަ ދައުރުގެ ހަތަރު ވަނަ ޖަލްސާ އެވެ. "ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 މާރިޗް 2018 ވާ އަންގާރަ ދުވަހު، الْحَمْدُ للَ...

05 Mar 2018 | 12:44

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބޭއްވި ޖަލްސާއަކީ މި އަހަރުގެ ފުރަތަމަ ދައުރުގެ ހަތަރު ވަނަ ޖަލްސާ އެވެ.

"ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 މާރިޗް 2018 ވާ އަންގާރަ ދުވަހު، الْحَمْدُ للَّهِ رَبِّ الْعَـلَمِينَ، މަޖިލިސް ނިމުނީ" ފަރިތަ ކަމާއެކު މަޖިލިސް ރައީސް އަބްދުﷲ މަސީހް، މުގުރު ކޮޅު ޖައްސަވައި މަޖިލިސް ނިންމަވާލެއްވި އެވެ.

ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން މާދަމާ މަޖިލީހުގެ ޖަލްސާއެއް މިވަނީ އެޖެންޑާ ކޮށްފަ އެވެ. މީގެ އިތުރުން އެންމެ ބޮޑަށް އަޅައިގަތް ކަމަކީ މި މަހުގެ 16 ވަނަ ދުވަހަކީ އަންގާރަ ދުވަހަކަށް ނުވާކަމެވެ. 16 ވަނީ ހުކުރަކަށް ކަމެވެ.

https://twitter.com/Badruddeen/status/970517189387153409

އެހެންކަމުން މަޖިލިސް ރައީސަށް މާރިޗް 16 އާއި މާރިޗް 06 އޮޅިވަޑައިގަތީ ކަމުގައި ބެލެވެ އެވެ. މި މަހުގެ 06 ކަމުގައިވާ މާދަމައަކީ އަންގާރަ ދުވަހެކެވެ. އެހެންކަމުން "ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 06 މާރިޗް ވާ އަންގާރަ ދުވަހު، މިހެން ވިދާޅުވާން އުޅުމުގެ ތެރޭގައި 06 ގެ ބަދަގައި 16 އޭ ވިދާޅުވެވުނީ ކަމުގައި ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް