ހާބަރު ފުޑްކޯޓު 19 ފަރާތަކަށް

އެސްޓީއޯއިން ތަރައްގީކުރާ ހާބަރު ފުޑްކޯޓްތަކަށް ހުށަހެޅި ބިޑްތަކުގެ ތެރެއިން ބިޑްތައް އިވެލުއޭޓް ކޮށް 19 ފަރާތަކަށްވަނީ އެވޯޑް ނޮޓިފިކޭޝަން ފޮނުވާފައިވާކަމުގައި އެސްޓީއޯއިން ހާމަކޮށްފި އެވެ. އެސްޓީއޯއ...

05 Mar 2018 | 10:00

އެސްޓީއޯއިން ތަރައްގީކުރާ ހާބަރު ފުޑްކޯޓްތަކަށް ހުށަހެޅި ބިޑްތަކުގެ ތެރެއިން ބިޑްތައް އިވެލުއޭޓް ކޮށް 19 ފަރާތަކަށްވަނީ އެވޯޑް ނޮޓިފިކޭޝަން ފޮނުވާފައިވާކަމުގައި އެސްޓީއޯއިން ހާމަކޮށްފި އެވެ.

އެސްޓީއޯއިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

" މި ކުންފުނީގެ ފަރާތުން މާލެ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގައި ޢިމާރާތްކުރަމުންގެންދާ ފުޑްކޯޓްގެ 26 ޔުނިޓް ކުއްޔަށް ދިނުމަށްޓަކައި 21 ޖަނަވަރީ 2018 ގައި އެކަމަށް ޝައުގުވެރިވާފަރާތްތަކުން ބިޑް ހުށަހަޅާފައިވަނީ 22 ޔުނިޓަށެވެ. މިޔުނިޓްތަކުގެ ބިޑްތައް އިވެލުއޭޓް ކޮށް 19 ފަރާތަކަށްވަނީ އެވޯޑް ނޮޓިފިކޭޝަން ފޮނުވިފައެވެ. އެވޯޑިންގ ޕްރޮސެސް ނިންމާ ޔުނިޓްތަކުގެ ވެރިފަރާތްތަކާއި އެކު އެގްރިމެންޓްގައި ސޮއިކުރުމުގެ މަރުހަލާ ކުރިއަށްއޮތް ހަފްތާތެރޭ ކުރިއަށް ގެންދެވޭނެއެވެ." އެސްޓީއޯއިން ބުނެފައި ވެ އެވެ.

އެސްޓީއޯއިން ބުނެފައިވަނީ ފުޑްކޯޓްގެ 26 ޔުނިޓްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާ 4 ޔުނިޓަށް ދެވަނަ ފަހަރު ޓެންޑަރ އަށް ޢިއުލާން ކުރެވި؛ 11 ފެބްރުއަރީ 2018 ގައިވަނީ އެޔުނިޓްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅާފައެވެ. މި 4 ޔުނިޓްގެ ބިޑްތަށްވެސް މިހާރު އިވެލުއޭޓް ކޮށް އެވޯޑް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. އަދި ފުޑްކޯޓް ގެ ބްލޮކް 1 އަދި 2 (އަމީނީމަގު) ގެ އަމަލީ މަސައްކަތް ނިމި މިހާރު ކުރެވެމުންދަނީ  އެތަނުގެ ލޭންޑްސްކޭޕިންގް ގެ މަސައްކަތް ތަކެވެ. މި މަސައްކަތް މިހިނގާ މާރޗް މަހު ނިންމާ އެދެބްލޮކް ގެ އޮޕަރޭޝަންސް ފެށޭނެ ކަމަށެވެ.

ފުޑްކޯޓްގެ ބްލޮކް 3 އަދި 4 ގެ (އިއްޒުއްދީން މަގު) ގެ ސިވިލް މަސައްކަތް އޭޕްރިލް މަހުގައި ނިންމާ މެއި މަހު އެދެބްލޮކް ގެ އޮޕަރޭޝަން ފެށޭނެ ކަމުގައިވެސް އެސްޓީއޯއިން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް