ސެލޫނަށް ބަލާލުމުން ވެސް އެއީ އެންމެ ޒަމާނީކޮށް ހިދުމަތްދޭ ބިއުޓީ ސެލޫނެއްކަން އެނގެއެވެ. ދާއިރާއިން ތަމްރީނުވެފައި ތިބި މުވައްޒަފުންނާއި ބްރޭންޑެޑް ޕްރޮޑެޓްސްތަކާއި ޖާގަ ތަނަވަސް ސެލޫނެކެވެ.
މި ކިޔަވައިދެވުނީ މަޖީދީ މަގު ކުރީގެ ސްޓަރ ސިނަމާ ކައިރީގައި ވަރަށް ފަހުން ހުޅުވި ގްލިޓްޒީ ސެލޫނުގެ ވާހަކައެވެ. ފުވައްމުލަކުގައި ހިންގުމަށް ފަހު މިހާރު މާލޭގައި ހިދުމަތް ފަށާފައިވާ މި ސެލޫނުގެ މޭސްތެރިއަކީ ފުވައްމުލަކަށް އުފަން ހައްޖައެވެ.
" އަބަދުވެސް ޝައުގުވެރިކަން ހުރޭ މި ދާއިރާ. އާއިލާ އަކީ ވިޔަފާރީގައި އުޅޭ އާއިލާއެއް. އެހެންވީމަ ތަފާތު ދާއިރާއަކުން ވިޔަފާރިއެއް ފަށަން ވެގެން މި ވިޔަފާރީގެ ތެރެއަށް ވަނީ." 'ދުވަސް' ނޫހާއި ވާހަކަ ދައްކަމުން ހައްޖަ ބުންޏެވެ. އެ އާއިލާ އަކީ ތަފާތު ވިޔަފާރި ކުރި ނަމަވެސް ސެލޫންއެއް ހިންގި ބައެއް ނޫނެވެ. ހައްޖަ ވަނީ މި ދާއިރާއިން ތައުލީމުވެސް ހާސިލްކޮށްފައެވެ. އެ ގޮތުން އޭނަ ވަނީ ޑިޕްލޮމާއިން ހެއަރ ޑްރެސިން އާއި ޑިޕްލޮމާ އިން ބިއުޓީ ކަލްޗަރ ކޯސް ހަދާފައެވެ. ކުރިން ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ހައްޖަގެ ހުރިހާ ވަގުތެއް މިހާރު ހުސްކޮށްފައި ވަނީ މި ވިޔަފާރިއަށެވެ.
" ކަސްޓަމަރުން ހިތް ހަމަޖެހޭ ފަދަ ކޮލިޓީ ހިދުމަތެއް ދިނުން އަޅުގަނޑުމެންގެ އަމާޒަކީ، މިތަނުގެ ބޭނުންކުރާނީ އިންޓަނޭޝަނަލް ބްރޭންޑެޑް ޕްރޮޑަކްޓްސް، ތިބޭނީ ތަޖުރިބާކާރު މުވައްޒަފުން. އެހެންނަމަވެސް ހުރިހާ ހިދުމަތެއް ވެސް ލިބޭނީ ހަމަ ވަރަށް އެކަށީގެންވާ އަގުގައި" ހައްޖަ ބުންޏެވެ.
މި ސެލޫން އަކީ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްފައިވާ ސެލޫނެކެވެ.
ސެލޫނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި
- ހެއަރ ޓްރީޓްމެންޓްސް
- ހެއަރ ކަޓް
- ރީބޮންޑިން
- ހެއަރ ރިލެކްސިން
- ހެއަރ ކަލަރިން
- ފޭޝަލް
- މެނިކިއު
- ޕެޑިކިއު
- މޭކަޕް
- ބްރައިޑަލް މޭކަޕް
- ބްރައިޑަލް ޕެކޭޖަސް
ގްލިޓްޒީ ސެލޫންގެ ބްރޭންޑް އެމްބެސެޑަރ އަކީ މައްޝޫރު ޕްރެޒެންޓަރ ނައުހާ އިބްރާހިމް އެވެ.
ގްލިޓްޒީ ސެލޫންގެ ފަރާތުން ހާއްސަ ހަދިޔާއެއް ދޭން ވަނީ ނިންމާފަ އެވެ. ތިރީގައިވާ އިރުޝާދާ އެއްގޮތަށް ގްލިޓްޒީގެ ޕޭޖަށް ލައިކެއް ދިނުމަށްފަހު ތިން މީހަކު ޓެގްކޮށް ޝެއަރ ކޮށްލުމުން ގުރުއަތު ހޮވޭ ފަރާތަކަށް 1500 ރ އަގުހުރި ހިދުމަތްތައް އެ ސެލޫނުން ލިބޭނެއެވެ.
Glitzy Hair & Beauty Saloon
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް