ހުކުރު ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާނު ކޮށްފި

މި މަހުގެ 16 ވާ ހުކުރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާނު ކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިކަން އިއުލާނު ކުރެއްވީ މަޖިލީހުގައި މިއަދު ކުރިއަށްދ...

05 Mar 2018 | 04:49

މި މަހުގެ 16 ވާ ހުކުރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާނު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިކަން އިއުލާނު ކުރެއްވީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ދައުރުގެ ހަތަރުވަނަ ޖަލްސާ ނިންމަވާލައްވަމުންނެވެ.

މި މަހުގެ 16 ވާ ހުކުރު ދުވަހު ޖަލްސާއެއް އޮންނާނެކަން އިއުލާނު ކޮށްފައިވާއިރު އެ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވާނެކަން އިދިކޮޅު ފަރާތްތަކުން ވަނީ އިއުލާނު ކޮށްފަ އެވެ.

ހުކުރު ދުވަހު ޖަލްސާއެއް އޮންނަކަން އިއުލާނު ކުރި ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް