ބޮލީވުޑް ތަރިއަކު ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ޕޮލިހަށް

ބޮލީވުޑް ތަރިއެއް ކަމުގައިވާ އަޖާޒް ޚާން ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ މުމްބާއީގެ ޖޭޖޭ މާގް ޕޮލިސް ސްޓޭޝަނަށެވެ. މި މައްސަލަ ޕޮލިހަށށް ...

05 Mar 2018 | 04:26

ބޮލީވުޑް ތަރިއެއް ކަމުގައިވާ އަޖާޒް ޚާން ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ މުމްބާއީގެ ޖޭޖޭ މާގް ޕޮލިސް ސްޓޭޝަނަށެވެ.

މި މައްސަލަ ޕޮލިހަށށް ހުށަހަޅާފައިވަނީ އެ ތަރި ނޫސްވެރިއަކަށް، ވަޓްސް އެޕް މެދިވެރިކޮށް އިންޒާރު ދިނުމުންނެވެ. ނޫސްވެރިއަކަށް އަޖާޒް ޚާން އިންޒާރު ދީފައިވަނީ ޕޮލިހުންނާއި ހަވާލާދީ ލިޔުނު ހަބަރަކާއި ގުޅިގެން ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އަޖާޒް ޚާން އަކީ ބޮލީވުޑްގައި މާ މަޝްހޫރު ތަރިއެއް ނޫންނަމަވެސް ބައެއް ފިލްމުތަކުގައި އެކްޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް