ސައުދީ ވަލީއަހުދު މިސްރަށް ވަޑައިގެންފި

ފުރަމާނަ ދަތުރުފުޅެއްގައި ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން މިސްރަށް ވަޑައިގެންފި އެވެ. ސައުދީ ވަލީއަހުދު މިސްރަށް ވަޑައިގެންފައިމިވަނީ އަންނަ އަންގާރަ ދުވަހު އިނގިރޭސިވިލާތަށް ވަޑައ...

04 Mar 2018 | 21:31

ފުރަމާނަ ދަތުރުފުޅެއްގައި ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން މިސްރަށް ވަޑައިގެންފި އެވެ.

ސައުދީ ވަލީއަހުދު މިސްރަށް ވަޑައިގެންފައިމިވަނީ އަންނަ އަންގާރަ ދުވަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ޝެޑިއުލް ކުރެއްވުމަށްފަހުގައި އެވެ.

ވަލީއަހުދުގެ މި ދަތުރުފުޅުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ އާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމުގައި މިސްރުން ރިޕޯޓް ކޮށްފައި ވެ އެވެ.

އަދި އެ ބައްދަލުކުރެއްވުމުގައި މިސްރާއި ސައުދީ އާއި ދެމެދު ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުންނާއި މެދުއިރުމަތީގެ ގައުމުތަކުގެ މަސްރަހާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމުގައިވެސް މިސްރުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ވަލީއަހުދު މިސްރަށް ވަޑައިގެންފައިމިވަނީ ތިން ދުވަހަށެވެ. އެއަށްފަހު ދެން ފުރާވަޑައިގަންނަވާނީ އިނގިރޭސިވިލާތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް