ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނުކަމަށްބުނާ ބިދޭސީއެއްގެ މައްސަލަ ބަލަން ފަށައިފި

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރަން އުޅުނުކަމަށްބުނާ ބިދޭސީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ އަޕަރ ސައުތު ޕޮ...

05 Feb 2020 | 14:23

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރަން އުޅުނުކަމަށްބުނާ ބިދޭސީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ އަޕަރ ސައުތު ޕޮލިސް ޑިވިޒަން (ގއ. ގދ) އަތޮޅުގެ ރަށަކުންނެވެ.

މި މައްސަލަ ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް އެރަށުގައި ދިރިއުޅޭ މީހެއް ކަމާއި އޭނާގެ އެއްވެސް ޑޮކިއުމެންޓެއް ނެތްކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް